Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެސްޓަން ވިލާ އަތުން އާސެނަލް ބަލިވެއްޖެ

6 ފެބުރުއަރީ 2021 | ހޮނިހިރު 14:41

ވިލާ އަތުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ފެބުރުއަރީ 2021 | ހޮނިހިރު 14:41
ވިލާ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލާ މޮޅުވީ 1-0 ން

ވިލާ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލާ މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު އެސްޓަން ވިލާ އަތުން އާސެނަލް ބަލިވެއްޖެއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން އާސެނަލް ބަލިވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން އާސެނަލުގެ ޑިފެންޑަރު ސެޑްރިކް ސޮއާރެސް ހެދި ގޯހެއްގެ ފައިދާ ނަގައި މެޗު ފަށައިގެން 74 ވަނަ ސިކުންތުގައި މި ލަނޑު ވިލާއަށް ކާމިޔާބުކޮށްދިނީ ފޯވާޑް އޮލީ ވަޓްކިންސްއެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވަޓްކިންސް ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

މި މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދިއިރު، އާސެނަލުގެ ހަމަލާތައް ހުއްޓުވުމުގައި ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އާސެނަލުގެ ނިކޮލަސް ޕެޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މާޓިނޭޒް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި މި ހާފުގައި ލީޑު ފުޅާކުރަން ވިލާއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކެޕްޓަން ޖެކް ގްރީލިޝް އާއި މިޑްފީލްޑަރު ރޮސް ބާކްލީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި މެޗު ނިމެން ގާތް ވެފައި ވަނިކޮށް ނަތީޖާ އެއްވަރުކުރަން އާސެނަލަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެ ޓީމުގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑަށެވެ. އެކަމަކު އޭރިއާ ތެރެއިން އޮޑެގާޑް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައި ކުޅުނު 23 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. އަދި މި މޮޅާއެކު ތާވަލުގެ އަށްވަނައަށް ވިލާ ޖެހިލިއިރު، އެ ޓީމަށް ވަނީ 21 މެޗުން 35 ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް