Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒިދާން ހިތްހަމަނުޖެހުން ފާޅުކުރުން

ޒިދާނުގެ ހިތްހަމަނުޖެހުން ނޫސްވެރިންނަށް

މީޑިއާތަކުން ވަނީ ރެއާލުން ޒިދާން ވަކިކުރާނެ ކަމަށް ރިޕޯޓުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2021 | ހޮނިހިރު 10:57
ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން

ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން

ރެއާލް މެޑްރިޑުގައި އޭނާގެ މުސްތަގުބަލާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާތީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މި ސީޒަނުގައި ރެއާލުގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މީގެ ކުރިން ސްޕެއިނުގެ މީޑިއާތަކުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ޒިދާން ވަކިކުރާނެ ކަމަށް ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ބައެއް މީޑިއާތަކުން ވަނީ ރެއާލުގެ ކޯޗުން އަވަސް މުސްތަގުބަލެއްގައި ޒިދާން އިސްތިއުފާދޭނެ ކަމަށްވެސް ރިޕޯޓުކޮށްފައެވެ.

އެކަމަކު ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ޒިދާނުގެ މުސްތަގުބަލާ ބެހޭ ގޮތުން ސުވާލުކުރުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޒިދާން ބުނީ އޭނާއާ މެދު މީޑިއާއިން ކަންތައްކުރާ ގޮތް އިންސާފުވެރިކަމަށް ނުދެކޭ ކަމަށެވެ. އަދި ރެއާލަކީ ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި، އެހެންކަމުން އެއީވެސް ކޮންމެވެސް ވަރަކަށް އިޙުތިރާމު ކުރަން ޖެހޭ ކަމެއް ކަމަށްވެސް ބުންޏެވެ. އަދި އެއީ 10 އަހަރު ކުރީގެ ވާހަކައެއް ނޫން ކަމަށާއި، އެއީ މިދިޔަ ސީޒަނުގައި ހިނގި ކަމެއްގެ ވާހަކަ ކަމަށްވެސް ވަނީ ބުނެފައެވެ.

ޒިދާން އިތުރަށް ބުނީ އޭނާއާ ގުޅުވައިގެން ނޫސްވެރިން ވަރަށް ގިނަ ވާހަކަ ދައްކާ ކަމަށާއި، އޭނާ ފަސް އެނބުރުނީމަ އެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި، މޫނު ކުރިމަތީގައި ރެއާލުގެ ކޯޗުގެ މަގާމުން އޭނާ ވަކިވާން ނޫސްވެރިން ބޭނުންވާ ވާހަކަ ބުނުން މާ ރަނގަޅުވާނެ ކަމަށްވެސް ޒިދާން ބުންޏެވެ.

މި ސީޒަނުގައި ރެއާލުގެ ކުޅުން ވަރަށް ބޮޑަށް ދަށްވި ނަމަވެސް، މީގެ ކުރިން ރެއާލުން ވަނީ ޒިދާނުގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޒިދާން އެންމެ ފުރަތަމަ ރެއާލަށް އިރުޝާދު ދިންއިރު، އެ ފަހަރު ވަނީ ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އަދި މި މުއްދަތުގައި ވަނީ އެ ޓީމަށް ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްދީފައެވެ.

އޭގެ ފަހުން ޒިދާން ދެވަނަ ފަހަރަށް ރެއާލާ ގުޅުނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށްފަހު ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިންނަށް ސިޓީ ބަލިވެއްޖެނަމަ އެއީ ކާރިސާއެއް، މި ގޮތް ކަމަކުނުދޭ: ގާޑިއޯލާ

ނޫސްވެރިންނަށް ސިޓީ ބަލިވެއްޖެނަމަ އެއީ ކާރިސާއެއް، މި ގޮތް ކަމަކުނުދޭ: ގާޑިއޯލާ

10 ޑިސެމްބަރު 2023
މުބާރާތުގެ ރެފްރީންނާމެދު އޮފު އެފްސީގެ ހިތްހަމަނުޖެހުން

މުބާރާތުގެ ރެފްރީންނާމެދު އޮފު އެފްސީގެ ހިތްހަމަނުޖެހުން

29 ޖޫން 2022
ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާތީ އޮޒިލް ހިތްހަމަނުޖެހުން ފާޅުކޮށްފި

ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާތީ އޮޒިލް ހިތްހަމަނުޖެހުން ފާޅުކޮށްފި

14 އޯގަސްޓު 2020

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު