Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ވެކްސިންޖެހުން

ވެކްސިންޖަހާ މީހުންގެ އަދަދުން ބަލިމަޑުުކަމުން އަރައިގަތުމަށް އައު އުއްމީދުތަކެއް ދަނީ ލިބެމުން- ޑރ ނަޒްލާ

6 ފެބުރުއަރީ 2021 | ހޮނިހިރު 03:21

ވެކްސިންޖެހުމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލްގައި ރެޖިސްޓަރވުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ފެބުރުއަރީ 2021 | ހޮނިހިރު 03:21
މާލޭގައި ވެކްސިންޖެހުމުގެ މަސައްކަތް ކުރަނީ

މާލޭގައި ވެކްސިންޖެހުމުގެ މަސައްކަތް ކުރަނީ

ވެކްސިންޖަހާ މީހުންގެ އަދަދު އިތުރުވެ، އެކަމުގެ ސަބަބުން ބަލިމަޑުކަމުން އަރައިގަތުމަށް އައު ހިތްވަރެއް ލިބެމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. އަދި އޭގެ ސަބަބުން ކޮވިޑް-19ގެ މި ހާލަތުން އަރައިގަތުމަށް އިތުރު ހިތްވަރަކާއި އުއްމީދެއް ލިބިގެން ދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައިވާ ޕެންޑެމިކްގެ ނިމުން ﷲގެ އިރާދަފުޅުން ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ވެކްސިން ޖެހުމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލްގައި ރެޖިސްޓަރ ވުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިހާރު މުޅި ރާއްޖޭގައި ވެސް ވެކްސިންދޭން ފަށާފައިވާއިރު އެންމެ އިސްކަމެއް ދެނީ ފްރަންޓްލައިން މުވައްޒަފުންނާއި ހައި ރިސްކު މީހުންނަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކެޓެގަރީތަކަށް ވެސް ވެކްސިން ދޭން ފަށާނެ ކަމަށް އެޗް.ޕީ.އޭ.އިން ބުނެފައިވެއެވެ.

އެގޮތުން ހުކުރު ދުވަހު 1،003 މީހަކަށް ވެކްސިންދީފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 787 މީހަކާއި، އަތޮޅުތެރެއިން ވެކްސިންދީފައިވާ 216 މީހަކު ހިމެނެއެވެ. އެއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވެކްސިން ޖަހާފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 4،269ށް އަރާފައެވެ.

ވެކްސިން ޖެހުމަށް ޚާއްޞަ ޕޯޓަލެއް އެޗް.ޕީ.އޭ.އިން ހަދާފައިވާއިރު، އުމުރުން ދުވަސްވީ އަދި ޕޯޓަލްގައި ރަޖިސްޓްރީ ނުވެވޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ވެކްސިން ދޭ ސެންޓަރުތަކުން ދޭނެ ކަމަށް އެޗް.ޕީ.އޭ.އިން ވަނީ ބުނެފައިވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާއިރު، މިހާރު ރާއްޖެއަށް ޗައިނާއިން ތައްޔާރުކޮށްފައިވާ ސިނޮފާމް ވެކްސިންގެ 6،000 ޑޯޒު ވަނީ ލިބިފައެވެ. ނަމަވެސް އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް