Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ގައުމުތައް ތަރައްޤީވެ ކުރިއަރައި ދިއުމުގައި ސާފުތާހިރުކަމަށް، އެތަނެއްގައި ދިރިއުޅޭ އެންމެން ވެސް ސަމާލުވާން ޖެހޭ!

5 ފެބުރުއަރީ 2021 | ހުކުރު 09:05

އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ހަރާމްކުރައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ފެބުރުއަރީ 2021 | ހުކުރު 09:05
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އާއްމު ސިއްޙަތާ ބެހޭއަސާސަކީ ސާފުތާހިރުކަން ކަމަށާއި، ގައުމުތައް ތަރައްޤީވެ ކުރިއަރައި ދިއުމަށް ސާފުތާހިރުކަމަކީ އެތަނެއްގައި ދިރިއުޅޭ އެންމެން ވެސް ސަމާލުވާން ޖެހޭކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ފުރިހަމަ ސިއްޙަތަކަށްޓަކައި ސަބަބުތަކުގައި ހިފުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ސިއްޙަތާއި ދުޅަހެޔޮކަމަކީ ހަޔާތުގެ މައިކަށި ކަމަށާއި، ގައުމުތައް ތަރައްޤީވެ ކުރިއަރައިފައިވަނީ އެ ގައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުން ކަމަށެވެ. އަދި ގައިބާރާއި އަޒުމް ވަރުގަދަވުމާއި ކިޔަމަންތެރިކަމާއި ވަފާތެރިކަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން އަދި ބަލިމަޑުކަމާއި ރަޙުމުކުޑަ ވަބާތަކުގެ ހިޔާވަހިކަމުގެ ތެރެއިން ނުލިބޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އާއްމު ސިއްޙަތު ރައްކާތެރިކުރުމަށް މާތް ﷲ އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އިންސާނާއަށް ގެއްލުން ލިބޭ އެއްޗެހި ކެއުމާއި ބުއިން ވަނީ ހަރާމް ކުރައްވައިފައެވެ. އަދި ދިރިއުޅޭ ތަންތަން ސާފުކޮށް ބޭއްވުމަށް އަންގަވާފައިވާއިރު، ފާހިޝް އަމަލުތަކަށް އަރައިނުގަތުމަށް އަމުރު ކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އާއްމު ސިއްޙަތާބެހޭ އަސާސަކީ ސާފުތާހިރުކަން ކަމަށާއި، ސާފުތާހިރު ކަމަށް ޚާއްޞަ ސަމާލުކަމެއްދޭން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ސިއްޙަތާއި ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ހީވާގިކަމުގެ ފީތާ ކަމަށްވާއިރު، އިސްލާމްދީނުގައި އާއްމު ސިއްޙަތަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ. އަދި އާއްމު ސިއްޙަތާބެހޭ އަސާސަކީ ސާފުތާހިރުކަން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

އަތްނުދޮވެ ކައިހެދުމަކީ ބަލިތައް ހަށިގަނޑުގެ ތެރެއަށް ވަރަށް ފަސޭހައިން ވަންނަން ދިމާވާ ސަބަބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން އަތްދޮންނަން އަންގާފައިވާ ކަމަށާއި، އިސްލާމްދީނުގެ އަމުރުފުޅުތަކަށް ތަބާވާނަމަ ވަރަށް ގިނަ ބަލިތަކަކުން ސަލާމަތްވާނެ ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމްދީން ފަރުދުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ފަދައިން ޖަމާޢަތުގެ ހައްޤުތައް ވެސް ރައްކާތެރިކޮށްދޭ ކަމަށެވެ. އެހައްޤުތަކަށް އިޙްތިރާމްކުރުމަށް ދީން ގޮވާލައި ކަމަށާއި، ނުހިނގާ ފެންގަނޑުގަނޑު ފަދަ ތަންތަނަށް ޤަޟާޙާޖަތް ނުކުރުމަށާއި އެފަދަ ތަންތަނަށް ނަޖިސް ފަދަ ހަޑިމުޑުދާރު އެއްޗެހި އުކައިނުލުމަށް އިސްލާމްދީން އަމުރުކުރާ ކަމަށެވެ.

ޚުތުބާގައި ބުނީ ސާފު ތާހިރުކަމަކީ އިޖްތިމާޢީ އެހެން އަގުތައް ފަދަސުލޫކެއް ކަމަށާއި، ފައިސާއާއި ތަނަވަސްކަމެއް ނެތޭ ބުނުމަށްފަހު ސާފުތާހިރުކަމާ ދުރަށް ދެވޭކަށް ނެތް ކަމަށެވެ. އަދި ކޮންމެ މީހަކު އެމީހެއްގެ މަސްޢޫލިއްޔަތު މި ކަމުގައި އަދާކޮށްފިނަމަ ރާއްޖެ ރީތި، ސާފުތާހިރު ރާއްޖެއަށް ވެގެންދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2020

އަބަދުވެސް ގައުމުތައް އެކުގައި މަސައްކަތް ކުރަން ބާރު އަޅާތީ ރައީސްގެ ޝުކުރު އދ. އަށް

24 އޮކްޓޯބަރު 2020
އަބަދުވެސް ގައުމުތައް އެކުގައި މަސައްކަތް ކުރަން ބާރު އަޅާތީ ރައީސްގެ ޝުކުރު އދ. އަށް
27 ސެޕްޓެމްބަރު 2020

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެންދާނީ އަންހެނުންގެ ހިއްސާ އިތުރު ކުރެވިގެން: ޑރ. މައުސޫމް

27 ސެޕްޓެމްބަރު 2020
ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައިގެންދާނީ އަންހެނުންގެ ހިއްސާ އިތުރު ކުރެވިގެން: ޑރ. މައުސޫމް
21 ސެޕްޓެމްބަރު 2020

ގައުމުތައް ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ރައީސް ގޮވާލައްވައިފި

21 ސެޕްޓެމްބަރު 2020
ގައުމުތައް ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ރައީސް ގޮވާލައްވައިފި
16 މާރިޗު 2020

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތްތައް ނިސްބަތްވާ ގައުމުތައް ހާމަކޮށްފި

16 މާރިޗު 2020
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތްތައް ނިސްބަތްވާ ގައުމުތައް ހާމަކޮށްފި
05 ސެޕްޓެމްބަރު 2019

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ގައުމުތައް ގުޅިގެން މަސަތްކަތް ކުރަން ޖެހޭ: ޝަމާލް

05 ސެޕްޓެމްބަރު 2019
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ގައުމުތައް ގުޅިގެން މަސަތްކަތް ކުރަން ޖެހޭ: ޝަމާލް
21 ޖުލައި 2019

ރާއްޖޭގެ އިންތިހާބުން އެހެން ގައުމުތައް ފިލާވަޅު ނަގަން ޖެހޭ : ކޮމަންވެލްތް

21 ޖުލައި 2019
ރާއްޖޭގެ އިންތިހާބުން އެހެން ގައުމުތައް ފިލާވަޅު ނަގަން ޖެހޭ : ކޮމަންވެލްތް
14 މެއި 2019

ހައްޖަށް މީހުން ގެންދިއުމުގައި ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގާ: އޭސީސީ

14 މެއި 2019
ހައްޖަށް މީހުން ގެންދިއުމުގައި ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގާ: އޭސީސީ
03 މާރިޗު 2019

އިސްލާމީ ގައުމުތައް އެއްބައިވަންތަވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

03 މާރިޗު 2019
އިސްލާމީ ގައުމުތައް އެއްބައިވަންތަވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި
13 އޯގަސްޓު 2018

ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުމުގައި ދިވެހިރާއްޖެ އިސްތިސްނާއެއް ނުވޭ: ޑިފެންސް މިނިސްޓަރު

13 އޯގަސްޓު 2018
ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުމުގައި ދިވެހިރާއްޖެ އިސްތިސްނާއެއް ނުވޭ: ޑިފެންސް މިނިސްޓަރު
27 ސެޕްޓެމްބަރު 2017

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމް:ރައީސް

27 ސެޕްޓެމްބަރު 2017
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމް:ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް