Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރު

ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުމުގައި ދިވެހިރާއްޖެ އިސްތިސްނާއެއް ނުވޭ: ޑިފެންސް މިނިސްޓަރު

13 އޯގަސްޓު 2018 | ހޯމަ 11:43

ހަރުކަށި ވިސްނުންތަކާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 13 އޯގަސްޓު 2018 | ހޯމަ 11:43
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުން ގެންގުޅޭ މީހުން އުޅޭ ކަމަށާއި އެކަމުގައި ދިވެހިރާއްޖެވެސް އިސްތިސްނާ ނުވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ޔޫއެންޑީޕީ ގުޅިގެން މާލޭގައި ހޯމަ ދުވަހު ފެށި ކައުންޓަ ޓެރަރިޒަމް ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެ އަށް ފެތުރެމުން އަންނަ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހިންނަކީ ސުލްޙައަށް ލޯބިކުރާ ބައެކެވެ. ނަމަވެސް އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެ އަށް އައި ބަދަލުތަކުގެ އަސަރު ރާއްޖެ އަށްވެސް ފޯރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން، ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވިސްނުންތަކުގެ ސަބަބުން ދީނީ ހަރުކަށި ޚިޔާލުގެ މީހުންތަކެއް ރާއްޖޭގައި އުފެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދުނިޔޭގެ އެއްވެސް ގައުމަކީ ޓެރަރިޒަމާއި ހަރުކަށި ހައްދުފަހަނަ އެޅުންތަކުން ސަލާމަތްވެފައިވާ ގައުމެއް ނޫން. މި ކަމުގައި ދިވެހިރާއްޖެ ވެސް އިސްތިސްނާއެއް ނުވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެމެރިކާގެ "ވޯލްޑް ޓްރޭޑް ސެންޓަރ" އަށް ދިން ޙަމަލާއާ ސަބަބުން ދުނިޔޭގެ ސަލާމަތީ ކަންތަކަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ހާދިސާގެ ފަހުން ބައިނަލްއަޤްވާމީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ކަމަށާއި ރާއްޖެވެސް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަކީ 100 ޕަސެންޓް މުސްލިމް އަދި މެދުމިނުގެ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކަމުގައި ދިވެހިރާއްޖެ ވެސް އިސްތިސްނާއެއް ނުވޭ. އެހެންކަމުން، ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތަކީ، 100 ޕަސެންޓް މުސްލިމް އަދި މެދުމިނުގެ އިސްލާމީ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ ދެމި އޮންނާނީ މެދުމިނުގެ ތަރައްގީ އަށް މަސައްކަތްކުރާ، ކަންކަން ތަހައްމަލު ކުރާ ސުލްހަވެރި މުސްލިމް ގައުމެއްގެ ގޮތުގައެވެ. އަދި ދިވެހިން ގަބޫލުކުރާ ގަބޫލުކުރުމަކީ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގެންގުޅޭ ގައުމީ ސްޓްރެޓީޖީގެ ތަސައްވުރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް