Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައި.އޯ.އާރު ޑިފެންސް މިނިސްޓަރސް ކޮންކްލޭވް

އައި.އޯ.އާރު ޑިފެންސް މިނިސްޓަރސް ކޮންކްލޭވްގައި މިނިސްޓަރ އޮފް ޑިފެންސް ބައިވެރިވެވަޑައިގެންފި

4 ފެބުރުއަރީ 2021 | ބުރާސްފަތި 12:31

ކުރިއާ ޚިލާފަށް، ހައިބްރިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ފެބުރުއަރީ 2021 | ބުރާސްފަތި 12:31
އައި.އޯ.އާރު ޑިފެންސް މިނިސްޓަރސް ކޮންކްލޭވްގެ ތެރެއިން

އައި.އޯ.އާރު ޑިފެންސް މިނިސްޓަރސް ކޮންކްލޭވްގެ ތެރެއިން

އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްްދުގެ ޤައުމުތަކަށް ނިސްބަތްވާ ދިފާޢީ ވަޒީރުންގެ މެދުގައި ބޭއްވި "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓަރސް ކޮންކްލޭވް" ގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

އިންޑިޔާގެ ބެންގަލޫރުގައި ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޢުޟޫއަކީ "އެންހާންސްޑް ޕީސް، ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން" ނުވަތަ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި އަމަނާއި، ޞުލްޙަޔާއި އެއްބާރުލުން އިތުރުކުރުމެވެ.

Advertisement - newsAdvertisement

މި މަޢުޟޫއުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގެ ޤައުމުތަކަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި، އެބަދަލުތަކާ ގުޅިގެން އިންސާނީ އެހީ ދިނުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ކަނޑުފޭރުމާއި މަސްކަނޑުތަކުން ވައްކަންކުރުން ފަދަ ކަނޑުމަތީގެ ސަލާމަތަށް ހުރި ނުރައްކާތަކާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، ހަނގުރާމަތަކުގައި ބައިވެރިވުމަށް ޤައުމުން ބޭރަށް ދިޔުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރިއާއި، އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސައިބަރކްރައިމްގެ ޢަމަލުތަކާއި، ވައިގެ މަގުންނާއި ސަރަޙައްދީ ރޮނގު ހުރަސްކޮށް ހިންގާ ޖަރީމާތަކުގެ މައްޗަށް މިނިސްޓަރ މާރިޔާ ބައްލަވާލެއްވިއެވެ.

ދިވެހިރާއްޖެއަކީ 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑިޔާ ކަނޑުގެ ސަރަޙައްދަކީ 2.7 ބިލިއަން މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އަދި ދުނިޔޭގެ ތެލުގެ ޝިޕްމަންޓުތަކުގެ ތިންބައިކުޅަ ދެބަޔާއި ކޮންޓެއިނަރު މަނަވަރުތަކުގެ ދެބައިކުޅަ އެއްބައި ހުރަސްކުރާ ޙައްސާސް ސަރަޙައްދެއްކަމަށް ވުމުން، މިސަރަޙައްދުގައި ހިމެނޭ ޤައުމުތަކުން ވަޞީލަތްތައް ޙިއްސާކޮށް، އެއް ހަކަތަޔަކާއި އެއް ހިތްވަރެއްގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަމަނާއި ޞުލްޙަޔަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ މަފްހޫމުކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، އަމަނާއި ޞުލްޙަ ޤާއިމްކޮށް، ދެމެހެއްޓުމަކީ، އެކަމަށްޓަކައި، ކޮންމެ ދުވަހަކުވެސް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށާއި، އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އަމަނާއި ޞުލްޙަ އިތުރަށް ހަރުދަނާކުރެވޭނީ، ގުޅިގެން މަސައްކަތްކުރުމުގެ ސަޤާފަތަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދީ، އެއްބާރުލުމުގެ ރޫޙު އިތުރަށް ވަރުގަދަކޮށްގެން ކަަމަށެވެ.

ކުރިއާ ޚިލާފަށް، ހައިބްރިޑް ތްރެޓްސްގެ ނުރައްކާ ބޮޑުވެފައިވާ މިޒަމާނުގައި، ޤައުމުތަކުން އިންޓެލިޖެންސް މަޢުލޫމާތު ޙިއްސާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގަޔާއި ކާރިސާތަކާއި ނުރައްކަލުގެ ޙާލަތްތަކަށް އިޖާބަދިނުމުގައި ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިކޮންކްލޭވްގައި ޖުމްލަ 27 ޤައުމަކުން ބައިވެރިވެފައިވާއިރު، މިޤައުމުތަކުގެ ތެރޭގައި، ރާއްޖެއާއި އިންޑިޔާގެ އިތުުރުން، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިޔާ، އިންޑޮނޭޝިޔާ، އޮސްޓްރޭލިޔާ، ސީޝެލްސް، މޮރިޝަސް އަދި އީރާން ހިމެނެއެވެ.

އިންޑިޔާ ސަރުކާރުން ދެއްވި ދަޢުވަތަކަށް، މިނިސްޓަރ މާރިޔާގެ އަރިހުގައި، ބެންގަލޫރަށް ވަޑައިގެން އުޅުއްވާ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސްވަނީ، ދެ ކޮންކްލޭވެއްގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ބުދަދުވަހު ބޭއްވި ޗީފް އޮފް އެއަރ ސްޓާފް ކޮންކްލޭވްގަޔާއި، ބުރާސްފަތިދުވަހު އޮތް ޗީފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ސީ.ޑީ.އެފް ޝަމާލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗީފް އޮފް ނޭވަލް ސްޓާފް ކޮންކްލޭވްގައި ބައިވެރިވެވަޑައިގެން، ސީ.ޑީ.އެފް ޝަމާލްވަނީ، އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި ކާރިސާތަކަށް އިޖާބަދިނުމާއި އިންސާނީ އެހީ ދިނުމުގައި، އެއްބާރުލުން ދިނުމާއި މަޢުލޫމާތު ޙިއްސާކުރުމާއި އިންޓަރއޮޕެރަބިލިޓީ އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް