Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު10،000 ކާޓަނުގެ ބިސް ޕޯޓުގައި ތާށިވުން

ލިޔެކިއުންތައް ހުށައެޅުމަށް ގެނައި ކުއްލި ބަދަލާއި އެކު 10،000 ކާޓަންގެ ބިސް ޕޯޓުގައި ތާށިވެފައި

ބިސް އެތެރެކުރެވޭނީ ލިޔުމުގެ އަސްލު އެފްޑީއޭއަށް ހުށައެޅުމުން ކަމަށް ކުއްލި ގޮތަކަށް ވަނީ އަންގާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ފެބުރުއަރީ 2021 | ބުދަ 19:58
ރާއްޖެ ގެންސްފައިވާ ބިސްތަކެއް

ރާއްޖެ ގެންސްފައިވާ ބިސްތަކެއް

ފުޑް އެންޑް ޑްރަގް އޮތޯރިތީ (އެފްޑީއޭ) އަށް ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށައެޅުމަށް ގެނައި ކުއްލި ބަދަލެއްގެ ސަބަބުން 10،000 ކާޓަންގެ ބިސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓުގައި ތާށިވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދިން ވިޔަފާރިވެރިން ބުނީ ކޮވިޑް-19ގެ ސަބަބުން އެފްޑީއޭ އަށް ހުށައަޅަންޖެހޭ ލިޔެކިއުންތައް ހުށައެޅުމަށް ލުއިތަކެއް ދީފައި ވަނިކޮށް އެލުއިތަކަށް މިމަހުގެ އެއްވަނަ ދުވަހު ކުއްލި ގޮތަކަށް ބަދަލު ގެނަސްފައިވާ ކަމަށެވެ. އަދި ބިސް އެތެރެކުރާ އިރު، ޕޯޓުން ބިސް ނެރެވޭނީ އެފްޑީއޭ އަށް ހުށައަޅަން ޖެހޭ ލިޔެކިއުމުގެ އަސްލު ހުށައަޅައިގެން ކަމަށް ބުނުމުން ބިސްތައް ޕޯޓުން ނުނެރެވި ތާށިވެފައިވާތާ ތިން ދުވަސް ވެފައިވާކަމަށް އެވިޔަފާރިވެރިން ބުނެއެވެ.

އިންޑިއާގެ ޓުޓިކޮރިންގެ ބަނދަރުން ބިސް ބަރުކޮށްގެން ރާއްޖެއަށް ބިސް ގެންނަ އިރު، އެކަމާގުޅޭ ލިޔެކިއުންތައް ވިޔަފާރިވެރިންނަށް ލިބޭނީ ޗެންނާއީގައި ހުންނަ ކަމާބެހޭ އިދާރާއިންނެވެ. އަދި ޓުޓިކޮރިން ބަނދަރުން ބިސް ބަރުކޮށްގެން ދަތުރުކުރާ ކާގޯ ބޯޓު ނައްޓާލުމުން ލިޔެކިއުންތައް ޗެންނާއީގެ އޮފީހުން، ރާއްޖެއާއި ހިސާބަށް ގެންނަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އައި ގޮންޖެހުންތަކާއި އެކު މިލިޔެކިއުންތައް ގެނައުމުގައި ދަތިތަކާއި ކުރިމަތިވުމުން އެފްޑީއޭއިން ވަނީ ލިޔެކިއުންތައް ރާއްޖެ ގެނެވުމުން ހުށައަޅާގޮތަށް، ބިސް އެތެރެކުރުމުގެ ހުއްދަ ވިޔަފާރިވެރިންނަށް ދީފައިވެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ކުއްލި ގޮތަކަށް ބިސް އެތެރެކުރެވޭނީ ލިޔުމުގެ އަސްލު އެފްޑީއޭއަށް ހުށައެޅުމުން ކަމަށް އެންގުމުން، ލިޔެކިއުންތައް ނުލިބި ލަސްވަމުންދާތީ ޗެންނާއީގައި ހުންނަ އިދާރާއަށް ގުޅައި އެލިޔެކިއުންތައް މެއިލްގެ ޒަރިއްޔާއިން އެފްޑީއޭއަށް ހިއްސާކުރުމަށް ވިޔަފާރިވެރިން ވަނީ އެދިފައެވެ. ނަމަވެސް ޗެންނާއީގައި ހުންނަ ކަމާބެހޭ އިދާރާއިން އެކަން ކުރުމަށް އުޒުރުވެރިވާތީ ލިޔެކިއުންތައް މެއިލްގެ ޒަރިއްޔާއިން ވެސް އެފްޑީއޭއަށް ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފައެވެ.

މިކަމާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ވިޔަފާރިވެރިން އެފްޑީއޭއާއި ބައްދަލުކުރަން ހަމަޖެހިފައިވާއިރު، ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ތިން ދުވަސް މަތިން އައި ހަތަރު ބޯޓުން ރާއްޖެ ގެނައި 10،000 ކާޓަންގެ ބިސް ވަނީ އެމްޕީއެލްގެ ޕޯޓުން ނުނެރެވި ތާށިވެފައެވެ.

ވިޔަފާރިވެރިން ވަނީ މިލިޔެކިއުންތައް ހުށައަޅަން ޖެހޭނެ ކަމަށް އެފަރާތްތަކުން ގަބޫލުކުރާ ކަމަށާއި ލިޔެކިއުންތައް ލިބުނުހާ އަވަހަށް އެލިޔުން އެފްޑީއޭއަށް ހުށައަޅާނެ ކަމަށް ބުނެފައެވެ. އަދި މިވަގުތު ބޭނުން ވަނީ ބިސްތައް އަވަހަށް މާކެޓަށް ނެރެވޭނެ ގޮތެއް ހޯދުން ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ބިހަކީ ދިވެހިންގެ ކެއުމުގައި ޒަރޫރީ އެއްޗަކަށް ވާއިރު، ގިނަ އަދަދެއްގެ ބިސް ނުނެރެވި ތާށިވެފައި ހުރުމުން އޭގެ އަސަރު މާކެޓުން ވެސް ފެންނަން ފަށާނެއެވެ. މާކެޓަށް ބޭނުންވާ ވަރަށް ބިސް ސަޕްލައި ނުކުރެވޭ ނަމަ ބިހުގެ އަގު އުފުލި އޭގެ އަސަރު އާންމު ރައްޔިތުމީހާގެ ޖީބަށް ކުރާނެއެވެ. އަދި ބިހަކީ އަވަހަށް ހަލާކުވާ ޒާތުގެ އެއްޗަކަށް ވުމުން 25 ދުވަހާއި 30 ދުވަހާއި ދެމެދުގެ މުއްދަތަކަށް ވުރެ އިތުރު މުއްދަތަކަށް ބިސް ރައްކާކޮށްފައި ނުބެހެއްޓޭނެއެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2025

ބީއެމްއެލް އިން ގެނައި ބަދަލުން ވީ ގޮތް

30 ޖޫން 2025
ބީއެމްއެލް އިން ގެނައި ބަދަލުން ވީ ގޮތް
19 ފެބުރުއަރީ 2025

އެސްޓީއޯއިން ރޯދައަށް ގެނައި ފިޔާ، އަލުވި، ބިސް, ލުނބޯ ބާޒާރަށް ނެރެފި

19 ފެބުރުއަރީ 2025
އެސްޓީއޯއިން ރޯދައަށް ގެނައި ފިޔާ، އަލުވި، ބިސް, ލުނބޯ ބާޒާރަށް ނެރެފި
25 ޑިސެމްބަރު 2024

މި ދިޔަ ދެ މަހު ބޭރު ފައިސާގެ މުއާމަލާތް ކުރި ގޮތުގެ ހުރިހާ މައުލޫމާތެއް އެމްއެމްއޭ އަށް ފޮނުވަން ކުއްލި ގޮތަކަށް ރިސޯޓްތަކަށް އަންގައިފި

25 ޑިސެމްބަރު 2024
މި ދިޔަ ދެ މަހު ބޭރު ފައިސާގެ މުއާމަލާތް ކުރި ގޮތުގެ ހުރިހާ މައުލޫމާތެއް އެމްއެމްއޭ އަށް ފޮނުވަން ކުއްލި ގޮތަކަށް ރިސޯޓްތަކަށް އަންގައިފި
14 ނޮވެމްބަރު 2024

ކުއްލިއަކަށް ތައާރުފް ކުރި ބޭރު ފައިސާގެ ގަވައިދަށް އަމަލު ކުރަން ޔުނިވަރސަލުންވެސް ދެކޮޅު ހަދައިފި

14 ނޮވެމްބަރު 2024
ކުއްލިއަކަށް ތައާރުފް ކުރި ބޭރު ފައިސާގެ ގަވައިދަށް އަމަލު ކުރަން ޔުނިވަރސަލުންވެސް ދެކޮޅު ހަދައިފި
01 އޮކްޓޯބަރު 2021

މޮބައިލް އިންޓަނެޓަށް ގެނައި ބަދަލާއެކު ކަސްޓަމަރުން ޑޭޓާއަށް ކުރާ ޚަރަދު ކުޑަވެގެންދާނެ: ދިރާގު

01 އޮކްޓޯބަރު 2021
މޮބައިލް އިންޓަނެޓަށް ގެނައި ބަދަލާއެކު ކަސްޓަމަރުން ޑޭޓާއަށް ކުރާ ޚަރަދު ކުޑަވެގެންދާނެ: ދިރާގު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު