Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19 އަށް ވެކްސިން ދިނުން

98.3 މިލިއަން ވެކްސިންގެ ޑޯޒް ޖަހައި، ހާރޑް އިމިއުނިޓީއާއި ދިމާއަށް މުޅި ދުނިޔެ މިސްރާބު ޖަހަނީ

އެންމެ ގިނަ ގައުމުތަކުން ޖަހަމުން ދަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިނާއި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ފެބުރުއަރީ 2021 | ހޯމަ 15:06
ޔޫއޭއީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން

ޔޫއޭއީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން

މުޅި ދުނިޔޭގެ 62 ގައުމަކުން ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށާފައިވާއިރު، މިހާތަނަށް ވެކްސިންގެ 98.3 މިލިއަން ޑޯޒް ވަނީ އެކި ސަރަހައްދުތަކުގައި ޖަހާފައެވެ.

އެންމެ ފުރަތަމަ ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް އިނގިރޭސިވިލާތުގައި ފަށާފައިވާއިރު، އެގައުމުން ވަނީ 9.4 މިލިއަން ޑޯޒް މިހާތަނަށް ޖަހާފައެވެ.

މިހާތަނަށް އައިއިރު، އެންމެ ގިނަ އަދަދެއްގެ ވެކްސިން ޑޯޒް ޖަހާފައި ވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 31.9 މިލިއަން ވެކްސިންގެ ޑޯޒް ޖަހާފައިވާއިރު، ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާއިން ޖަހާފައި ވަނީ 24 މިލިއަން ޑޯޒްއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން 12.2 މިލިއަން ޑޯޒް ޖަހާފައިވާއިރު، އިސްރާއިލުން ވަނީ ވެކްސިންގެ 4.9 މިލިއަން ޑޯޒް ޖަހާފައެވެ. އިންޑިއާއިން މިހާތަނަށް 3.7 މިލިއަން ވެކްސިންގެ ޑޯޒް ވަނީ ޖަހާފައެވެ.

މިގައުމުތަކުގެ އިތުރުން ޔޫއޭއީ، ތުރުކީ، ބްރެޒިލް އަދި ކެނެޑާ، ރަޝިއާގެ އިތުރުން މެކްސިކޯގައިވެސް ވަނީ ވެކްސިންދިނުމުގެ މަސައްކަތް ފަށާފައިއެވެ.

ގައުމުތަކުން ކޮވިޑް-19ގެ ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް ބޭނުންކުރަމުން ދަނީ 10 ވެކްސިނަކެވެ. އެއީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިނާއި، މޮޑާނާގެ ވެކްސިންގެ އިތުރުން، ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިން އަދި ސިނޮވެކްބައޯޓެކްގެ ވެކްސިން އާއި ގަމަލެޔާ އިންސްޓިޓިއުޓުން ކޮވިޑް-19އަށް އުފައްދާފައި ވެކްސިން އަދި ސަންސީނޯ ބަޔޮލޮޖިކްސްގެ ކޮވިޑް-19 ވެކްސިން އަދި ސިނޮޕަރމްގެ ދެ ވެކްސިނެވެ. އިންޑިއާގެ ބާރަތު ބައޯޓެކްގެ ވެކްސިނާއި ވެކްޓަރ އިންސްޓިޓިއުޓްގެ ކޮވިޑް-19 ވެކްސިން ދެ ގައުމަކުން ދަނީ ބޭނުން ކުރަމުންނެވެ.

އެސްޓްރަޒެނެކާ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި ޔޫކޭގެ އިތުރުން ޕާކިސްތާނު، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އާއި ރާއްޖެ އަދި ސައުތު އެފްރިކާގައި މިވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މީގެ އިތުރުން ބްރެޒިލް އަދި އާރޖެންޓީނާ އާއި މެކްސިކޯ، އެލް ސަލްވަޑީ އަދި ޑޮމެނިކަން ރިޕަބްލިކުން ވަނީ އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދަ ދީފައެވެ.

މޮޑާނާގެ ވެކްސިން ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދަ ޔޫރަޕިން ޔޫނިއަންގެ އިތުރުން އިނގިރޭސިވިލާތް، ސްވިޒަލޭންޑް އަދި އިސްރާއިލުގެ އިތުރުން ކެނެޑާ އަދި އެމެރިކާގައި ވަނީ ދީފައެވެ.

ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ސައުދީ އަރަބިއްޔާ އަދި ސްވިޒަލޭންޑުން ދީފައިވާއިރު، މިވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައިވަނީ އޮސްޓްރޭލިއާ، ސިންގަޕޫރު، އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އިންނެވެ.

ސަރބިއާ، ޓިއުނީޝިއާ، ލުބްނާން، އިރާގު، ބަހްރެއިން، ޔޫއޭއީ އަދި އޮމާންގެ އިތުރުން އިސްރާއީލާއި ޖޯޑަން އަދި ޗިލީ އާއި އާޖެންޓީނާ، މީގެ އިތުރުން ކޮލަމްބިއާ، އިކުއެޑޯ، ކެނެޑާ އަދި އެމެރިކާއިންވެސް ވަނީ މިވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

ރަޝިއާގެ ގަމަލެޔާ އިންސްޓިޓިއުޓްގެ ވެކްސިން ބޭނުންކުރުމުގެ އެމެޖެންސީ ހުއްދަ ރަޝިއާގެ އިތުރުން ބެލަރޫސް، ހަންގޭރީ، ސަރބިއާ، ތުރުކުމަނިސްތާން، އިރާން، ޔޫއޭއީ، ފަލަސްތީން، އަލޖީރިއާ އަދި ގިނީގެ އިތުރުން ވެނެޒުއާލާ އާއި ބޮލިވީއާ އަދި އާޖެންޓީނާ އާއި ޕެރެގުއޭގައި ވަނީ ދީފައެވެ.

ސިނޮފަރމްގެ ބެއިޖިން އިންސްޓިޓިއުޓްގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޗައިނާ، ބަހްރެއިން އަދި ޔޫއޭއީން ދީފައިވާއިރު، މި ވެކްސިން އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަދީފައި ވަނީ ހަންގޭރީ، ޖޯޑަން އަދި އިޖިޕްޓުގައިއެވެ. ސިނޮފަރމްގެ ވޫހާން ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ ޗައިނާ އަދި ޔޫއޭއީގައި އެވެ.

ސިނޮވެކް ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޗައިނާއާއި އިންޑޮނޭޝިއާގެ އިތުރުން ތުރުކީ، ބްރެޒިލް އަދި ޗިލީންވަނީ ދީފައެވެ.

ސަންސީނޯ ބަޔޮލޮޖިކްސްގެ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ ޗައިނާ އިންނެވެ. އަދި ވެކްޓަރ އިންސްޓިޓިއުޓްގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ ހަމަ އެކަނި ރަޝިއާއިންނެވެ. ބާރަތު ބައޯޓެކްގެ ވެކްސިން އެމެޖެންސީކޮށް ބޭނުން ކުރަމުން އަންނަނީ އިންޑިއާގައި އެކަނިއެވެ.

މިވެކްސިންތަކުގެ ތެރެއިން އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިން، މޮޑާނާގެ ކޮވިޑް ވެކްސިން އަދި ފައިޒަރއާއި ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަނުން ދީފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މި ވެކްސިންތައް ރައްކާތެރިކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2018

ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ނެރެވުނު ނަތީޖާއަކީ ކޮބާ؟

25 ޑިސެމްބަރު 2018
ކްލަބްތަކަށް ތިން މިލިއަން ރުފިޔާ ދީގެން ނެރެވުނު ނަތީޖާއަކީ ކޮބާ؟
28 ޖެނުއަރީ 2018

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!
21 ޖެނުއަރީ 2018

ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީ 12 މިލިއަން ޑޮލަރު

21 ޖެނުއަރީ 2018
ދުނިޔޭގެ އެންމެ އަގު ބޮޑު ވެޑިންގް ޑްރެސްގެ އަގަކީ 12 މިލިއަން ޑޮލަރު
14 ޖެނުއަރީ 2018

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

14 ޖެނުއަރީ 2018
66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
04 ނޮވެމްބަރު 2017

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!
03 ނޮވެމްބަރު 2017

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!
04 އޮކްޓޯބަރު 2017

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
16 ޖޫން 2017

ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

16 ޖޫން 2017
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު