Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޑީކޭ ހޮސްޕިޓަލް

އޭޑީކޭގައި ބަލިމީހުން އެޑްމިޓްކުރުން ހުއްޓާލައިފި

އިމަރޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ޚިދުމަތްތަކާއި ހޮސްޕިޓަލުގެ އިމަރޖެންސީ ޚިދުމަތްތަކާއި ޑައިގްނޯސްޓިކް ޚިދުމަތްތައް ކުރިއަށްދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2021 | އާދީއްތަ 04:27
އޭޑީކޭ ހޮސްޕިޓަލްގެ ކައުންޓަރުން މީހުން ޚިދުމަތް ހޯދަނީ

އޭޑީކޭ ހޮސްޕިޓަލްގެ ކައުންޓަރުން މީހުން ޚިދުމަތް ހޯދަނީ

އޭޑީކޭ ހޮސްޕިޓަލުން ބަލިމީހުން އެޑްމިޓްކުރުން މިވަގުތަށް މެދުކަނޑާލައިފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށާއި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ރައްކަަލަކަށްޓަކައި ވައިރަސް ފެތުރެމުންދާ ނިސްބަތަށް ބަލައި ތަފާތު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވެގެން ދިޔުމާއެކު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ބައިތިއްބަން ޖެހުމާ ގުޅިގެން ހޮސްޕިޓަލުން ދޭ ޚިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން (އިއްޔެ އިން ފެށިގެން) ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ބަދަލުކުރުމާއި އިލެކްޓިވް ސާރޖަރީތައް މިވަގުތަށް މެދުކަނޑާލުމާއި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން މަނާވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ޚިދުމަތްތަކަށް ބަދަލު އައި ނަމަވެސް އިމަރޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ޚިދުމަތްތަކާއި ހޮސްޕިޓަލުގެ އިމަރޖެންސީ ހިޚިދުމަތްތަކާއި ޑައިގްނޯސްޓިކް ޚިދުމަތްތައް ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން ބުނީ ކޮންމެހެން އަންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނައުމަށާއި ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައި، އެކަނި ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެނައުމަށް އެދޭ ކަމަށެވެ. އަދި ހޮސްޕިޓަލަށް މީހުން އަންނައިރު ރަނގަޅަށް މާސްކް އެޅުމަށާއި ހޮސްޕިޓަލުގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި ހޭންޑް ސެނެޓައިޒަރތައް ބޭނުން ކުރުމަށް ވެސް ވަނީ އެދިފައެވެ.

ރާއްޖޭގައި މިހާރު ފެންނަ ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާދޭންޖެހިފައިވާ މީހުންގެ އަދަދު އިތުރުކަން ވެސް ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއިއެކު ފެތުރެމުން އަންނައިރު ރާއްޖޭގައި މި ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަނެއްކާވެސް ފިޔަވަޅުތައް އިތުރަށް ވަނީ ވަރުގަދަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!
02 މެއި 2017

ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި

02 މެއި 2017
ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި
05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު