Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ހިދުމަތް ފުޅާކުރުން

މި އަހަރު ނިމޭއިރު 10 ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށޭނެ: ހޯމް މިނިސްޓަރ

ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށީ ބުރާސްފަތި ދުވަހު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 28 ޖެނުއަރީ 2021 | ބުރާސްފަތި 18:17
ވ. ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ ގޮތުން މިނިސްޓަރ އިމްރާން ވާހަކަ ދައްކަވަނީ

ވ. ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ ގޮތުން މިނިސްޓަރ އިމްރާން ވާހަކަ ދައްކަވަނީ

މިއަހަރު ނިމިގެންދާއިރު ދިހަވަރަކަށް ރަށުގައި ފުލުހުންގެ ޚިދުމަތް އަލަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވ. ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބުރާސްފަތި ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިއަހަރު މުޅިން އަލަށް ފުލުހުންގެ ޚިދުމަތް ފެށި ފުރަތަމަ ރަށުގެ ގޮތުގައި ކެޔޮދޫގައި ޚިދުމަތް ފައްޓަވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް, ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން, މިއަހަރު މަދުވެގެން ދިހަވަރަކަށް ސްޓޭޝަން ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ރައްޔިތުން އުއްމީދުކުރާ ފަދަ ޚިދުމަތެއް ފުލުހުންގެ ފަރާތުން ލިބިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށްޓަކައި ފުލުހުންގެ މުއައްސަސާ ހިންގަވަން އިސްކޮށްތިއްބެވި ބޭފުޅުން މިއަދު ވަރަށް ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ އުފާވެރިކަމާއި, ހިތްހަމަޖެހުމާއި, އަމާންކަން ކަށަވަރުވުން އޮތީ ރައްޔިތުންނަށް ވަރަށް މުހިއްމު ދެކަމެއްގެ މައްޗަށްކަމަށެވެ. އެއީ ތަނަވަސްކަމާއި, ރޯދި ބަރަކާތް ލިބުމާއި, އެމީހުންގެ ވެށި އަމާންވެ ރައްކާތެރިވުންކަމަށް ވިދާޅުވިއެވެ.

ކެޔޮދޫގައި އެކަށީގެންވާވަރުގެ އިޤްތިޞާދީ ހަރަކާތްތައް ހިނގާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކެޔޮދޫގެ ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އައީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވުމަށް ކަމަށެވެ. އެގޮތުން އެ ރަށުގައި ޕޮލިސް ޕޯސްޓް ހުޅުވުމުން އެމަގަށް ކަންކަން މަގުފަހި ވަމުންދާކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އެންމެންގެ އެހީތެރިކަމާއެކު ފުލުހުންގެ ޚިދުމަތް ފެށިގެންދާއިރު ތަނަވަސް, ތިޔާގި, އުފާވެރި އަދި އަމާން ރައްކާތެރި ރަށަކަށް ކެޔޮދޫ ވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކެޔޮދޫގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުالله ޝާހިދެވެ. ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި, ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު