Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޒަރބައިޖާންގެ ސްކޮލަރޝިޕް

އަޒަރބައިޖާން 2021 ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

28 ޖެނުއަރީ 2021 | ބުރާސްފަތި 07:21

ބެޗްލަރސް ޑިގްރީއަށް ކުރިމަތިލެވޭނީ 28 ފެބްރުއަރީގެ ނިޔަލަށް 25 އަހަރު ފުރިފައިނުވާ ދަރިވަރުންނަށް

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2021 | ބުރާސްފަތި 07:21
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރުންތަކެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރުންތަކެއް

އޯ.އައި.ސީ. އަދި ނާމް މެމްބަރ ގައުމުތަކުގައި ކުރިއަށް ގެންދާ އަޒަރބައިޖާން 2021 ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ ލެވަލްގެ ކޯސްތަކަށް ކުރިމަތިލުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބެޗްލަރސް ޑިގްރީއަށް ކުރިމަތިލެވޭނީ 28 ފެބްރުއަރީ 2021 ގެ ނިޔަލަށް 25 އަހަރު ފުރިފައިނުވާ ދަރިވަރުންނަށް ކަމަށްވާއިރު، މާސްޓަރސް ޑިގްރީއަށް ކުރިމަތިލޭވޭނީ 28 ފެބްރުއަރީ 2021 ގެ ނިޔަލަށް 30 އަހަރު ފުރިފައި ނުވާ ދަރިވަރުންނަށް ކަމަށެވެ. އަދި ޕީއެޗްޑީއަށް ކުރިމަތިލެވޭނީ 28 ފެބްރުއަރީ 2021 ގެ ނިޔަލަށް 40 އަހަރު ފުރިފައިނުވާ ދަރިވަރުންނަށް ކަމަށެވެ.

ސްކޮލަރޝިޕްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނެ ޔުނިވަރސިޓީތައް އެނގޭނެ ލިޔުން މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާއިރު، ޔުނިވަރސިޓީތަކުގެ މަޢުލޫމާތު studyinazerbaijan.edu.az އިން ވެސް ލިބޭނެއެވެ. އަދި މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓްwww.mohe.gov.mvއިންނާއި އަޒަރބައިޖާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ވެބްސައިޓް ކަމުގައިވާwww.mfa.gov.azއިން ލިބެން ހުންނާނެއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ ކޯސްތަކުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ އަޒަރބައިޖާންގެ ފަރާތުން ކަަމަށާއި، ސްކޮލަރޝިޕަށް ކަނޑައެޅިފައިވާ އަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، ޖާގަ ހަމަކުރުމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ހުރިހާ ލެވެލްތަކުން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން، އަޒަރބައިޖާންގެ އެޕްލިކޭޝަން ފުރަންޖެހޭނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އަހަރަކު އެއްފަހަރު ވައިގެ މަގުން ދަތުރުކުރުމަށް އިކޮނޮމީ ކްލާސް ޓިކެޓް، ކޮންމެ މަހެއްގެ އެލަވަންސް، މެޑިކަލް އިންޝުއަރެންސް އަދި ވިސާއާއި ރެޖިސްޓްރޭޝަނަށް ހިނގާ ޚަރަދު ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމުކުރާ ފަރާތުންނެވެ.

ކުރިމަތިލެވޭނީ އެންމެ ކޯހަކަށް ކަމަށްވާއިރު، 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅާނީhttps://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް