Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭ.އެސް.ސީ.ގެ ތަފާސްހިސާބު

މިދިޔަ އަހަރު ޖޭ.އެސް.ސީ.އިން 3.5 ގުނަ އިތުރު ޖަލްސާ ބާއްވައި މަސައްކަތްތައް މެކުހަށް

28 ޖެނުއަރީ 2021 | ބުރާސްފަތި 03:30

ކޯޓްތަކަށް ޢައްޔަންކުރި އަންހެން ފަނޑިޔާރުންގެ ނިސްބަތް ވަނީ އިތުރުވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 28 ޖެނުއަރީ 2021 | ބުރާސްފަތި 03:30
ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

2019 ވަނަ އަހަރަށް ވުރެ މިޔަ އަހަރު ޖޭ.އެސް.ސީ.އިން 3.5 ގުނަ އިތުރު ޖަލްސާބާއްވައި މަސައްކަތްތުގެ ރޭޓް އިތުރުކޮށްފައިވާކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ އަހަރީ ތަފާސް ހިސާބުތަކުންނެވެ.

ޖޭ.އެސް.ސީ.އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑްގެ ބަލިމަޑުކަން ތަހައްމަލުކުރި 2020 ވަނަ އަހަރު ޖޭ.އެސް.ސީ.އިން 95 ޖަލްސާއެއް ވަނީ ބާއްވާފައެވެެ. މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 3.5 ގުނަ އިތުރު އަދަދެކެވެ. އެގޮތުން ވަކިވަކި މަސައްކަތްކާ ބަލާއިރު 2020 ވަނަ އަހަރު ބޭއްވި ޖަލްސާގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު ކޮންމެ މަހެއްގައި ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ކޮންމެ މަހެއްގައި ވެސް އެންމެ މަދުވެގެން 4 ޖަލްސާ ބާއްވާފައިވާއިރު، މިއީ 2019 ވަނަ އަހަރު އެންމެ ގިނައިން މަހެއްގެ މައްޗައް ޖަލްސާ ބޭއްވުނު އަދަދެވެ. 2020 ވަނަ އަހަރު އެންމެ ގިނަ ޖަލްސާ ބާއްވާފައިވަނީ އަހަރުގެ ފަހުކޮޅުއެވެ. އެގޮތުން ނޮވެމްބަރ އަދި ޑިސެމްބަރު މި ދެ މަހުވެސް ވަނީ 11 ޖަލްސާއެއް ބާއްވާފައެވެ. ޖޭ.އެސް.ސީ.ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ އިދާރާއަށް ކަނޑައަޅާފައިވާ ބަޖެޓް ވަނީ 15 މިލިއަނަށް ކުޑަކޮށްފައެވެ. މި ބަޖެޓުން އެ އިދާރާއިން ބޭނުންކޮށްފައިވަނީ 94 އިންސައްތައެވެ.

Advertisement - newsAdvertisement

2020 ވަނަ އަހަރު ޖޭ.އެސް.ސީ.އަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރު އެންމެ 7 މައްސަލަ ޖޭ.އެސް.ސީ.އަށް ހުށަހަޅާފައިވާއިރު، 2019 ވަނަ އަހަރު 114 މައްސަލަ އަދި 2020 ވަނަ އަހަރު މިއަދަދު 288އަށް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ފެށިއިރު އޭގެ ކުރީ އަހަރު ނުނިމި ހުރި 73 މައްސަލައަކާއި، އަލަށް ފެށި 41 މައްސަލައެއްގެ މަސައްކަތް ވަނީ ކޮށްފައެވެ. މިދިޔަ އަހަރު ޖުމުލަ 304 މައްސަލަ ބެލުމާ ގުޅޭގޮތުން ދިރާސާކޮށްފައިވާއިރު، 77 އިންސައްތަ މައްސަލަ ތަޙުޤީޤްކުރަން ނުފެންނަކަމަށް ނިންމާ ދޫކޮއްލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މިދިޔަ އަހަރު ޖޭއެސްސީއިން ތަޙުޤީޤުކޮށް ގޮތެއް ނިންމާފައިވަނީ 54 މައްސަލައެކެވެ.

މިދިޔަ އަހަރު 114 މައްސަލައެއްގައި ތަޙުޤީޤް ކޮމިޓީއިން މަސައްކަތް ކޮށްފައިވާއިރު، 74 އިންސައްތަ މައްސަލަ ވަނީ ސާބިތުވެފައެވެ. މި ސަބަބައްޓަކައި މައްސަލަ ސާބިތުވެ 9 ފަނޑިޔާރަކު ވަކިކޮށް، 2 ފަނޑިޔާރަކު ސަސްޕެންޑްކޮށް، އަދި 4 ފަނޑިޔާރަކަށް ނަސޭހަތާއެކު ތަމްރީން ފުރިހަމަކުރުވާފައިވެއެވެ.

ކޯޓްތަކަށް ޢައްޔަންކުރި އަންހެން ފަނޑިޔާރުންގެ ނިސްބަތް މިދިޔަ އަހަރު 3 އިންސައްތަ މައްޗަށް ވަނީ ޖެހިފައެވެ. ޖޭ.އެސް.ސީ.ގެ ހިސާބުތައް ދައްކާގޮތުން މިދިިޔަ އަހަރު އެންމެ ގިނަ ފަނޑިޔާރުން ޢައްޔަންކޮށްފައިވަނީ ސުޕީރިއަރ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓްތަކަށެވެ. މި ގޮތުން ގްރޭޓަރ މާލޭ ސަރަހައްދުގައި ހުންނަ ސުޕީރިއަރ ކޯޓްތަކަށް 9 ފަނޑިޔާރުން ޢައްޔަންކުރި އިރު މެޖިސްޓްރޭޓް ކޯޓްތަކަށް ޢައްޔަންކޮށްފައިވަނީ 9 ފަނޑިޔާރުންނެވެ. ދެން މިދިޔަ އަހަރު ފަނޑިޔާރުން ޢައްޔަންކޮށްފައިވަނީ ސުޕްރީމް ކޯޓާއި ހައިކޯޓަށެވެ. މީގެއިން ކޮންމެ ކޯޓަކަށްވެސް 2 ފަނޑިޔާރުން ވަނީ ޢައްޔަންކޮށްފައެވެ. މިިދިޔަ އަހަރު ކޯޓްތަކަށް ޢައްޔަންކުރި 22 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މީ އޭގެކުރީ އަހަރާ އަޅާބާއިރު 3 އިންސައްތަ އިތުރު އަދަދެއްކަމަށް ވެސް ޖޭ.އެސް.ސީ.ން ހާމަކޮށްފައިވެއެވެ.

މިދިޔަ އަހަރު ޢައްޔަންކުރި ފަނޑިޔާރުންގެ ޖުމްލަ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު 2 އިންސައްތަ އިތުރުކަމަށް ވެސް ޖޭ.އެސް.ސީ.ން ވދާޅުވެއެވެ. މިިދިޔަ އަހަރު 4 ފަނޑިޔާރަކު ރިޓަޔަރ ކުރެއްވިިއިރު 9 ފަނޑިޔާރަކުވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ. އަދި 4 ފަނޑިޔާރަކުވަނީ މަޤާމުން ވަކިކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް