Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޅުފުށިން ކޮވިޑްގެ ކޭސް ފެނުން

ޖެނުއަރީ 5 ގެ ފަހުން ކޮޅުފުށިން އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން އެންގުމަށް އެޗްޕީއޭއިން އެދެފި

26 ޖެނުއަރީ 2021 | އަންގާރަ 17:21

އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖެނުއަރީ 2021 | އަންގާރަ 17:21
މ.ކޮޅުފުށި

މ.ކޮޅުފުށި

ޖެނުއަރީ 5 ގެ ފަހުން މ.ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އެދެފިއެވެ.

އެޗްޕީއޭއިން ބުނީ މި މުއްދަތުގައި ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުމަށްފަހު މައުލޫމާތު ހިއްސާ ކުރުމަށެވެ.

Advertisement - newsAdvertisement

އަދި މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިން އިރުޝާދުދެއެވެ.

މ.ކޮޅުފުށިން މާލެއަށް އައި މީހެއް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާއިރު އާދިއްތަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ އެރަށުން މާލެ އައި މީހެއްގެ ގައިން، ދެ ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޭސް އިންވެސްޓިގޭޝަންތަކާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ވިދާޅުވީ އެރަށުން 9 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އަދި ރަށު ތެރެއިން ސާމްޕަލްތައް ނެގުމުގެ މަސައްކަތްތަކާއި، ޑައިރެކްޓް ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ގާތްގަނޑަކަށް 50 ސާމްޕަލް ނެގިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝާމިލް ވިދާޅުވީ ރަށުގައި މިވަގުތު ބަލިހާލު ބޮޑު އެއްވެސް މީހެއް ނެތް ކަމަށާއި ރަށަށް މިވަގުތަށް ބޭނުންވާ މިންވަރަށް ފެނާއި ކާބޯތަކެތި އެބަހުރި ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން އެދެނީ މިހާރުވެސް ކައުންސިލަށް އެއްބާރުލުން ދެމުން ގެންދާ ގޮތަށް އެއްބާރުލުން ދިނުން ކަމަށް ޝާމިލް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް