Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަތޮޅުތެރޭގެ ސިއްޙީ ދާއިރާ ފުޅާކުރުން

ކިނބިދޫ އަދި ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރަތް އެޅުމަށް ބަޔަކާ ޙަވާލުކޮށްފި

26 ޖެނުއަރީ 2021 | އަންގާރަ 10:30

ތ ކިނބިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސްއާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖެނުއަރީ 2021 | އަންގާރަ 10:30
ތ އަތޮޅުގެ ދެ ރަށެއްގެ ސިއްޙީ މަރުކަޒުތަކުގެ އައު އިމާރާތް އެޅުމަށް ބަޔަކާ ޙަވާލުކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތ އަތޮޅުގެ ދެ ރަށެއްގެ ސިއްޙީ މަރުކަޒުތަކުގެ އައު އިމާރާތް އެޅުމަށް ބަޔަކާ ޙަވާލުކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ތ ކަނޑޫދޫ އަދި ތ ކިނބިދޫ ސިއްޙީމަރުކަޒުގެ އައު އިމާރަތް އެޅުމަށް މިނިސްޓްރީ އޮފް ހެލްތުން ބަޔަކާ ޙަވާލުކޮށްފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތައް ޙަވާލުކޮށްދެއްވާފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު އާދިލްއެވެ. މި 2 މަޝްރޫޢުގެ ތެރެއިން ތ ކިނބިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން 300 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫޢުގެ އަގަކީ 15،371،786.03 (ފަނަރަ މިލިއަން ތިންލައްކަ ހަތްދިހަ އެއްހާސް ހަތްސަތޭކަ އަށްޑިހަ ހަ ރުފިޔާ ތިން ލާރި) އެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ތ ކަނޑޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް 300 ދުވަހަށް ނިންމުމަށް ޙަވާލުކޮށްފައިވާއިރު، މަސައްކަތުގެ ކޮންޓްރެކްޓަރަކީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓަޑެވެ. އަދި މަސައްކަތުގެ އަގަކީ 13،972،920 ( ތޭރަ މިލިއަން ނުވަލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ ވިހި ރުފިޔާ) އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވީ، ދެ ރަށުގައި ވެސް އަލަށް ހެދޭ ސިއްޙީމަރުކަޒުތަކާއެކު، ސްޓާފުން ތިބުމަށް އެކޮމޮޑޭޝަން ބްލޮކްތަކެއް ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް ހަދާ މަރުކަޒުތަކުގައި ވީހާވެސް ގްރީން އެނަރޖީ ބޭނުން ކުރުމަށް އަމާޒު ހިފާފައިވާނެކަން އާދިލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މެމްބަރު ނާޝިޒް ވަނީ ކޮންޓްރެކްޓުގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތް މުއްދަތުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓަރ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
17 އެޕްރީލު 2017

ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް

17 އެޕްރީލު 2017
ކަނޑޫދޫ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތީ ސަރުކާރުގެ އިހުމާލުން: ކައުންސިލް
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
13 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި

13 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި
13 އެޕްރީލު 2017

ކަނޑޫދޫގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި

13 އެޕްރީލު 2017
ކަނޑޫދޫގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި
12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް