Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮމާޝަލް ސްޕޭސްތައް ކުއްޔަށް ދޫކުރުން

ކޮމާޝަލް ސްޕޭސްއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އެޗް.ޑީ.ސީ.އިން އިތުރުކޮށްފި

މުއްދަތު އިތުރުކުރީ ގިނަ އަދަދެއްގެ މީހުން މި ޔުނިޓްތައް ބަލާލުމަށް އެދުމުން އެ ފުރުޞަތު ފަހިކޮށްދިނުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2021 | ހޯމަ 02:45
ހުޅުމާލެ

ހުޅުމާލެ

ކޮމާޝަލް ސްޕޭސްތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރުކޮށްފިއެވެ.

އެޗް.ޑީ.ސީ.އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް ހިމެނޭ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ފަރާތަކެއް ހޯދުމަށް އެ.ޗް.ޑީ.ސީ.އިން އިޢުލާންކޮށްފައިވާ ކަމަށާއި އެގޮތުން ކްލިނިކްއަކާއި ފާމަސީއެއްގެ އިތުރުން ސުޕަމާކެޓާއި ގްރޯސަރީ ސްޓޯރ އަދި ކެފެޓީރިއާ ހިންގުމަށް ހުޅުވާލެވުނު ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ.

މިގޮތަށް ބަދަލުކުރުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ، ގިނަ އަދަދެއްގެ މީހުން މި ޔުނިޓްތައް ބަލައިލުމަށް އެދުމުން އެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ވީހާވެސް ގިނަ ފަރާތްތަކަށް އެ ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ޔުނިޓްތައް ބަލައިލުމަށް ބޭނުންވާ މީހުންނަށް މި ޔުނިޓްތައް 11 ފެބްރުވަރީ 2021 ވަނަ ދުވަހު ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ. ހިޔާ ކޮމާޝަލް ސްޓޭޖް 2 އަދި 3 ގެ ދަށުން ކްލިނިކް، ގޮރޯސަރީ ސްޓޯރގެ އިތުރުން ސެލޫން އަދި ބުކްޝޮޕް ފަދަ ޚިދުމަތްތަކަށް ޔުނިޓްތައް ކަނޑައަޅާ އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމާޝަލް ސްޕޭސްތައް ކުއްޔަށް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އެޗް.ޑީ.ސީ.އިން ވަނީ ކަނޑައަޅައިފައެވެ. އެޗް.ޑީ.ސީ.ން ބުނީ ރިކުުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) މެދުވެރިކޮށާއި ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށް ދިނުމަށް ޤަވާއިދެއް ވެސް އެކުލާވައިލާފައިވާ ކަމަށެވެ.

އާރް.އެފް.ޕީ.އަށް ހުޅުވާލެވިގެން ދާނީ އާއްމުކޮށް ލިބެން ހުންނަ ޚިދުމަތްތަކާއި ވިޔަފަރީތަކަށެވެ. މީގެ ތެރޭގައި ގްރޯސަރީ ސްޓޯރ އަދި ސެލޫން ފަދަ ތަންތަން ހިމެނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ދެވޭ ފުރުޞަތުގައި އިވެލުއޭޓް ކުރުމަށް ފަހު، ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހުރިހާ ގޮތަކުން ވެސް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ނިންމާފައިވާ ކަމަށް އެޗް.ޑީ.ސީ.ން ބުނެއެވެ.

އެ ކުންފުނިން ބުނީ މިފަދަ ތަންތަން ކުއްޔަށް ދިނުމުގައި އެ ކޯޕަރޭޝަނުން ޢަމަލު ކުރާ ދެވަނަ ގޮތަކީ ޑައިރެކްޓް އެލޮކޭޝަން މެދުވެރިކޮށް އެންކަރ ޓެނަންޓް، ފްރެންޗައިސް އަދި އާއްމުންގެ މެދުގައި މަޤުބޫލު ބްރޭންޑްތަކަށް ފުރުޞަތުދިނުން ކަމަށެވެ. އެގޮތުން ޑައިރެކްޓް އެލޮކޭޝަންގެ އެއްމެ ބޮޑު ބޭނުމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރެވެމުންދާ ޕްރޮޖެކްޓްތަކާ ގުޅިގެން އެ ހިސާބުތަކުގައި ދިރިއުޅޭ ގިނަ ފަރާތްތަކަށް ހުޅުމާލެއިން އާއްމުކޮށް ނުލިބޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެޗް.ޑީ.ސީ.ން ހާމަކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެނުއަރީ މަހުގެ ޖީއެސްޓީ އާއި ގްރީން ޓެކްސް ދެއްކުމުގެ މުއްދަތު މާދަމާ ހަމަވާނެ

ޖެނުއަރީ މަހުގެ ޖީއެސްޓީ އާއި ގްރީން ޓެކްސް ދެއްކުމުގެ މުއްދަތު މާދަމާ ހަމަވާނެ

27 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި

ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި

29 ޑިސެމްބަރު 2017
އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

30 ސެޕްޓެމްބަރު 2017
"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި

"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު