Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމްގެ އިންތިޚާބު މައްސަލަ

އެންމެން ގުޅިގެން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ލަތީފް ގޮވާލައްވައިފި

ނޯމަލައިޒިންގ ކޮމިޓީއާ ވީއޭއެމް ހިންގުން އެންމެ ފުރަތަމަ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޖޫން މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2021 | އާދީއްތަ 11:40
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

އެންމެން ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް އެ އެސޯސިއޭޝަނުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، ނޯމަލައިޒިންގ ކޮމިޓީއާ އެ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އަޙްމަދު ސަލީމް (ހީނާ) ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމް ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން އެ ކޮމިޓީ އުވާލިއެވެ.

އެކަމަކު އެއަށްފަހު 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ މެންބަރު ކުލަބުތަކުން އިސްވެ ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގާފައެވެ. އެއާއެކު އެ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް ވަނީ ވީއޭއެމްގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޯމަލައިޒިންގ ކޮމިޓީއެއް އެކުލަވާލާފައެވެ.

މިހާތަނަށްވެސް ނޯމަލައިޒިންގ ކޮމިޓީން ވީއޭއެމް ހިންގަމުންދާއިރު، ދާދި ފަހުން ލަތީފް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެ ކޯޓުން ވަނީ ވީއޭއެމްގެ ހިންގުން ނޯމަލައިޒިންގ ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ނިންމާފައެވެ.

"ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ ވީއޭއެމްގެ މައްސަލަ ހައްލުކުރުމަށް އެފްއައިވީބީ އާއެކު މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އަދި އެންމެ ފަސޭހައިން މި މައްސަލަ ހައްލުވާން އޮތީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިނުލުމުން ކަމަށެވެ. އަދި ވީއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިނުލަން ނިންމެވީ ވޮލީބޯޅައިން ރާއްޖެ ސަސްޕެންޑްވިޔަ ނުދިނުމަށް ކަމަށާއި، އޭނާއަށް އެންމެ އިސްވާނީ ވޮލީބޯޅަ ކުޅޭ ކުޅުންތެރިން ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފުގެ ދައުރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ހަމަވާއިރު، އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކުން ވީއޭއެމްގެ އިންތިޚާބު ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގައި ބޭއްވިގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ވާނީ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ން އިތުރު މައްސަލަތަކެއް ފެންމަތި ނުކުރާހާ ހިނދަކު ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ވީއޭއެމްގެ މައްސަލަ އިތުރަށް ދިގުލައިގެން ދިޔަ ނުދީ، ވޮލީބޯޅައިގެ ކުރިމަގަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި، އެމްއޯސީ އާއި، ވީއޭއެމްގެ ހިންގާ ކޮމިޓީ އަދި އެފްއައިވީބީ ގުޅިގެން ވީ އެންމެ އަވަހަކަށް ވީއޭއޭއެމްގެ އިންތިޚާބު ބޭއްވުމަށްވެސް ލަތީފް ގޮވާލެއްވިއެވެ.

އެންމެން ގުޅިގެން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ލަތީފް ގޮވާލެއްވިއިރު، ވީއޭއެމްގެ މައްސަލައިގައި އެންމެ ފަހު ގޮތެއް ނިންމުމަށް އެފްއައިވީބީން ވަނީ "އެޑްހޮކް ކޮމިޝަން" އެއް އުފައްދާފައެވެ. އަދި އެ ކޮމިޝަނުން އަންނަނީ ވީއޭއެމްގެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި މި މައްސަލަތައް ފެންމަތިވުމުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ރޮނާލްޑޯ ކޯޓަށް

01 އޯގަސްޓު 2017
ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި

ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފި

19 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
ފައިނަލް ބުރު ބޭއްވުމަށް 6 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފި

ފައިނަލް ބުރު ބޭއްވުމަށް 6 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފި

15 ޖޫން 2017
އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

އަނިޔާ އާއި ގުޅިގެން ދަގަނޑޭ ކަކުލުގެ ސާޖަރީއެއް ހަދައިފި

28 މެއި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު