Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީން ދެމުންދާ ލޯންޗު ފެރީގެ ޚިދުމަތް

ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ ލޯންޗް ފެރީ ދަތުރުތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފި

23 ޖެނުއަރީ 2021 | ހޮނިހިރު 04:03

މިބަދަލުތައް ގެނެވުނީ ބަލަން ޖެހޭ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖެނުއަރީ 2021 | ހޮނިހިރު 04:03
އެމް.ޓީ.ސީ.ސީ.އިން ތ. އަދި ލ. އަތޮޅަށް ފަށާ ލޯންޗް ފެރީގެ ޚިދުމަތުގައި ބޭނުން ކުރާ ލޯންޗް

އެމް.ޓީ.ސީ.ސީ.އިން ތ. އަދި ލ. އަތޮޅަށް ފަށާ ލޯންޗް ފެރީގެ ޚިދުމަތުގައި ބޭނުން ކުރާ ލޯންޗް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ ލޯންޗް ފެރީ ދަތުރުތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެމް.ޓީ.ސީ.ސީ.އިން ބުނީ އަތޮޅުތެރޭގެ ރަށްތަކަށް ދެމުންދާ ލޯންޗު ފެރީގެ ޚިދުމަތުން މިހާރު ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކުގެ ގަޑިތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ. އަދި މިބަދަލުތައް ގެނެވުނީ ބަލަންޖެހޭ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު، އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކަމަށް އެމް.ޓީ.ސީ.ސީ.ން ބުނެއެވެ.

އެގޮތުން ތ. ވޭމަންޑޫއިން ތ. ތިމަރަފުށްޓަށް އަދި ތ. ތިމަރަފުށިން ލ. ގަމަށް ހެނދުނު ކުރާ ދަތުރުތަކުގެ ގަޑިއަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ލ. ގަމުން ތ. ތިމަރަފުއްޓަށް އަދި ތ. ތިމަރަފުށިން ތ. ވޭމަންޑޫއަށް ކުރާ ދަތުރުތަކުގެ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.

އެމް.ޓީ.ސީ.ސީ.ން ބުނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހުން ފެށިގެން ލޯންޗް ފެރީގެ ޚިދުމަތް ހަފްތާއަކު 4 ދުވަހު ދޭނެ ކަމަށެވެ. އެގޮތުން ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯންޗް ފެރީގެ ޚިދުމަތް ދެމުންދާނެ ކަމަށް އެމް.ޓީ.ސީ.ސީ.އިން ބުނެއެވެ.

ތ. އަދި ލ. އަތޮޅާ ދެމެދެ ފަށާ ލޯންޗް ފެރީގެ ޚިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. މި ޚިދުމަތުގައި ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާއެވެ. އަދި ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ.

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފަސޭހައިން ދަތުރުތައް ހަމަޖައްސައިދިނުމަށް މިސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދެއެވެ. އަދި ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދަކަށްވާއިރު، އެމް.ޓީ.ސީ.ސީ.ން ދަނީ އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ލޯންޗު ފެރީގެ ޚިދުމަތް ދެމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި

29 މާރިޗު 2017
ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
29 މާރިޗު 2017

ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

29 މާރިޗު 2017
ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ
23 މާރިޗު 2017

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
19 ފެބުރުއަރީ 2017

ޔޫފޮރިކް ރީޓެއިލްގެ ވެބްސައިޓް ލޯންޗްކޮށްފި

19 ފެބުރުއަރީ 2017
ޔޫފޮރިކް ރީޓެއިލްގެ ވެބްސައިޓް ލޯންޗްކޮށްފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް