Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝައްފާނުގެ މަރުގެ މައްސަލަ

ޝައްފާންގެ މަރުގެ މައްސަލަ: އަންނަ މަހު ނިންމަނީ

22 ޖެނުއަރީ 2021 | ހުކުރު 04:06

ޝައްފާން މަރާލީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީއެއްގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖެނުއަރީ 2021 | ހުކުރު 04:06
ޝައްފާންގެ މަރުގެ މައްސަލާގައި ބުރާސަފަތި ދުވަހު ކްރިމިނަލް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އަޑުއެހުމުގެ ތެރެއިން

ޝައްފާންގެ މަރުގެ މައްސަލާގައި ބުރާސަފަތި ދުވަހު ކްރިމިނަލް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އަޑުއެހުމުގެ ތެރެއިން

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލަ އަންނަ ފެބްރުއަރީ މަހު ނިންމާނެ ކަމަށް ބުނެފިއެވެ.

މި މައްސަލާގައި ބުރާސްފަތި ދުވަހު ވަނީ ޝައްފާންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާތީ، ބަންދުގެ އަމުރު މުރާޖަޢާކުރުމަށް އަޑުއެހުމެއް ބާއްވާފައެވެ. އެމީހުންގެ ބަންދާމެދު ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ އެމީހުން ބަންދުގައި ބޭތިއްބުމަށް އެދޭކަމަށެވެ. ދައުވާ ލިބޭ ފަރާތްތަކުން ބުނަނީ، އެމީހުން ބަންދުކޮށްފައި ބޭތިއްބި ނަމަވެސް، އެމީހުންނަށް ލިބެންޖެހޭ ހައްގުތަށް ނުލިބޭކަމަށެވެ. ޚާއްޞަކޮށް، ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދާކަން އެފަރާތްތަކުން ފާހަގަކުރިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ދިފާޢީ ވަކީލު ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތަކުގެ ތާވަލަށް ބަލާއިރު، އަންނަ ފެބްރުއަރީ މަހުގެ ފަހުކޮޅު ޚުލާޞާ ބަޔާންއިއްވައި ހުކުމްކުރުމަށް ތާވަލްކޮށްފައިވާތީ، އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ނިންމާފައިވާ ނިންމުމަށް އިޚުތިރާމްކުރައްވާކަމަށެވެ. ނަމަވެސް ވީހާވެސް އަވަހަކަށް މި މައްސަލަ ނިންމަވައި ދެއްވުމަށް ދިފާޢީ ވަކީލުން އެދިލެއްވިއެވެ.

މި މައްސަލާގައި ހެކީންގެ ހެކިބަސް ނަގާފައިވާތީއާއި ހެކީންނަށް ނުފޫޒުފޯރުވުމުގެ ފުރުސަތު މިހާރުނެތަތީ، އެމީހުންގެ މައްޗަށް ޝަރުޠުތަކެއް ކަނޑައެޅުމަށްފަހު، ބަންދުން ދޫކޮށްލުން ނުވަތަ ގެއަށް ބަދަލު ކޮށްދިނުމަށް ވެސް ދިފާޢީ އެހެން ވަކީލެއް އެދިލައްވާފައިވެއެވެ.

ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، އެމީހުންގެ ބަންދަށް އެއްވެސް ބަދަލެއް ނުގެނެސް، ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ. އަދީ ގާޒީ ވެސް ވަނީ މި މައްސަލައިގެ ޚުލާޞާ ބަޔާން އަންނަ މަހުގެ ތެރޭގައި އިއްވައި، މައްސަލަ ނިންމުމުގެ މަރުހަލާގައިވާކަމަށް ވިދާޅުވެފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ޓީމުން ބުނެފައިވެއެވެ.

އެގޮތުން، ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (19އ) މަރާލި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގު ޓީމުން އޭރު ވިދާޅުވެފައިވަނީ، އާގިލް މަރާލީ 2018 އޮގަސްޓް 31 ވަނަ ދުވަހު ވ. ފުލިދޫ އަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު މާލެއަށް ފޭބި ވަގުތު ބޮޑުތަކުރުފާނު މަގު އެމް.އެމް.އޭ ކުރިމަތީ އޮންނަ ތޮށިގަނޑު މަތިން ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށެވެ. އާގިލް މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަން ތަހުގީގު ޓީމުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން 2018 އޮކްޓޫބަރު 11ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އިސްމާއިލް ޝައްފާހު ޝަރީފް މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރިމަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ކަމަށް ވެސް ފުލުހުންގެ ތަހުގީގު ޓީމުން ހާމަކޮށްފައިވެއެވެ. ޝައްފާހުއަށް ހަމަލާދިންކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އެ ސަރަހައްދަށް ދިޔަ ކަމަށާއި، އަދި ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ތަހުގީގު ޓީމުން ބުނެފައިވެއެވެ. އޭނާގެ ގައިގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އާގިލް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ތިން މީހުންނަކީ، ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށެވެ. މިމައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ޝައްފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ ހަތަރު މީހުންނަކީ، ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް (27އ)، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް (19އ) ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު (27އ) އަދި ކ. މާލެ، ޓޮމާޓޯފްލާވަރ ހުސެއިން ޖައިލަމް (19އ) އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް