Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް

ފާއިތުވި އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

21 ޖެނުއަރީ 2021 | ބުރާސްފަތި 15:57

އެކްސިޑެންޓް ތަކުގައި 2019 އަހަރު ފަސް މީހަކު ނިޔާވެފައިވާއިރު މިދިޔަ އަހަރު މީހަކު ނިޔާވެފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖެނުއަރީ 2021 | ބުރާސްފަތި 15:57
ކުށުގެ ވެށިން ބަޔަކު ހުއްޓުވައި ފުލުހުން ބަލާ ފާސްކުރަނީ

ކުށުގެ ވެށިން ބަޔަކު ހުއްޓުވައި ފުލުހުން ބަލާ ފާސްކުރަނީ

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކަށްވުރެ މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެއެވެ.

ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 16482 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. އަދި ފާއިތުވި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ 12787 މައްސަލައެކެވެ. މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެެރެއިން މާލެ ސަަރަހައްދުން 8060 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ އަހަރު އަތޮޅުތަކުން 4727 މައްސަލަ ހުށަހަޅާފައިވެއެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާލާއިރު، ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް، މިދިޔަ އަހަރު ހުށަހެޅުނު އަދަދު ވަނީ މަދުވެފައެވެ.

އެގޮތުން މާރާމާރީގެ 661 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 633 މައްސަލައެވެ. ވައްކަމުގެ 3581 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 4551 މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު 2186 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި މިދިޔަ އަހަރު މަސްތުވާތަކެތީގެ 1425 މައްސަލަ ހުށަހެޅިފައިވެއެވެ. މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކަށް ބަލާއިރު، 2019 ވަނަ އަހަރު 467 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 394 މައްސަލައެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ބިރުދައްކައިގެން ފައިސާ ފޭރުމުގެ 13 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 11 މައްސަލައެވެ. ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ 21 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 9 މައްސަލައެއް ހުށަހެޅިފައިވެއެވެ. ފޭރުމުގެ އެހެނިހެން 449 މައްސަލައެއް 2019 އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު މިފަދަ 328 މައްސަލަ ހުށަހެޅިފައިވެއެވެ.

ޓްރެފިކް މައްސަލަތަކަށް ބަލައިލާއިރު 2019 ވަނަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ 2323 މައްސަލައެއް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 1390 މައްސަލައެވެ. ޓްރެފިކް އެކްސިޑެންޓްތަކުގައި 2019 އަހަރު ފަސް މީހަކު ވަނީ ނިޔާވެފައެވެ. ނަމަވެސް އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު މީހަކު ނިޔާވެފައެއް ނުވެއެވެ.

ކަނޑުމަތީގެ އެކްސިޑެންޓްގެ 172 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު މިފަދަ 86 މައްސަލައެއް ހުށަހެޅިފައިވެއެވެ. ކަނޑުމަތީ އެކްސިޑެންޓްތަކުގައި 2019 ވަނަ އަހަރު މީހަކު ނިޔާވެފައިވާއިރު ފާއިތިވެ ދިޔަ އަހަރު މީހަކު ނިޔާވެފައެއްނުވެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަދުއަހުލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓަރ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް ހުށަހެޅުނު އަދަދު ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު 490 މައްސަލައެއް ހުށަހެޅިފައިވެއެވެ. ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅިފައިވެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 219 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 245 މައްސަލައެވެ. އަދި ކައުންޓަރ ފީޑް ފޯޖަރީގެ 87 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު 108 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ. މަކަރާއި ހީލަތުގެ 498 މައްސަލައެއް 2019 ވަނަ އަހަރު ވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރު ހުށަހަޅާފައިވަނީ މަކަރާއި ހީލަތުގެ 609 މައްސަލައެކެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، އެކި މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު 3327 މީހުން ހައްޔަރުކޮށްފައިވާއިރު، ފާއިތުވި އަހަރު ހައްޔަރުކޮށްފައިވަނީ 3849 މީހުންނެވެ.

މީގެއިތުރުން ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ ކުރެވުނު މައްސަލަތައް 2019 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި 2020 ވަނަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު 1571 މައްސަލައެއް ޕީޖީ ކޮށްފައިވާއިރު ފާއިތުވި އަހަރު 1724 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް