Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަންބިއާގެ ވެކްސިން އަޕްޓޭޑް

ކޮލަންބިއާއިން އެތައް މިލިއަން ވެކްސިން ބެހުމަށް ތައްޔާރުވަނީ

އެ ޤައުމުން ނިންމާފައިވަނީ 30 މިލިއަނަށްވުރެން ގިނަ މީހުންނަށް މިއަހަރު ވެކްސިން ދިނުމަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖެނުއަރީ 2021 | ބުދަ 07:47
ވެކްސިންދިނުމުގެ ޕްރޮގްރާމް ފެބްރުއަރީ މަހު ފަށާނެ

ވެކްސިންދިނުމުގެ ޕްރޮގްރާމް ފެބްރުއަރީ މަހު ފަށާނެ

ކޮލަންބިއާއިން އެތައް މިލިއަން ވެކްސިން ބެހުމަށް ތައްޔާރުވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އެ ޤައުމުން ވެކްސިންތައް ބެހުމަށް ތައްޔާރުވަމުން އަންނައިރު އެ ޤައުމަށް ވެކްސިންގެ ޑޯޒްތައް ސީދާ ލިބޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. ކޮލަންބިއާގެ ރައީސް އީވާން ޑޫގާ ވިދާޅުވެފައިވަނީ ޑިސެމްބަރު މަހު ޖުމްލަ 40 މިލިއަން ޑޯޒް ވެކްސިން ފައިޒަރ، އެސްޓްރަޒެނިކާ އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ކޮވެކްސް ޕްލެޓްފޯމްގެ ދަށުން ގަނެފައިވާ ކަމަށެވެ.

އެ ޤައުމުގެ އޮފިޝަލުން ބުނާ ގޮތުން ވެކްސިންދިނުމުގެ ޕްރޮގްރާމް ފެބްރުއަރީ މަހު ފަށާނެއެވެ. އެހެންނަމަވެސް ސީދާ މި ޕްރޮގްރާމް ފަށާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮލަންބިއާ ސަރުކާރުން އަމާޒު ހިފާފައިވަނީ 50 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިއަހަރުގެ 30 މިލިއަނަށްވުރެން ގިނަ މީހުންނަށް ވެކްސިން ދިނުމަށެވެ.

ކޮލަންބިޔާގެ ހެލްތް މިނިސްޓްރީން ވަނީ ވެކްސިން ގެނައުމަށްޓަކައި ސަރުކާރުން ވަމުންދާ ތައްޔާރީތައް ދައްކާލާފައެވެ. އެގޮތުން އެ ޤައުމުގެ ވެރިރަށް ބޮގޮޓާގައި ހުރި ޓްމަޕަރޭޗަރ ކޮންޓްރޯލް ކުރެވިފައިވާ ވެއަރ ހައުސްއަކަށް ނޫސްވެރިން ގެންގޮސް އެތަން ދައްކާލާފައިވެއެވެ. މި ވެއަރ ހައުސް އިން 50 މިލިއަން ވެކްސިން ރައްކާކުރެވޭނެއެވެ. އަދި ވެކްސިންތައް -80 ޑިގްރީ ސެލްސިއަސްގައި ރައްކާކުރެވޭ ފްރީޒަރުތަކެއް އެތާނގައި ބަހައްޓާފައިވާއިރު ބަދިގޭގައި ގެންގުޅޭ ފްރިޖްތަކުގައި ސައިޒަށް ހުންނަ މި ފްރީޒަރތަކުގައި ދެ ލައްކަ ވެކްސިން ރައްކާކުރެވޭނެއެވެ.

މިފަދަ އެހެން ވެއަރ ހައުސްތައް ވެސް ޤައުމުގެ އެކި ޕްރޮވިންސްތަކުގައި ހަދާފައިވާކަން ފާހަގަކޮށް އެ ޤައުމުގެ ސަރުކާރުން ބުނީ 3000ށްވުރެ ގިނަ ޕޯޓަބަލް ކޮންޓެއިނަރ ޤައުމުގެ އެކި ޓައުންތަކަށާއި ވިލެޖްތަކަށް ވެކްސިން ގެންދިޔުމަށް ބޭނުންކުރާނެ ކަމަށެވެ.

ކޮލަންބިއާގެ ކޮވިޑްގެ ހާލަތަށް ބަލާއިރު ވައިރަސް ފެނުނު ފަހުން އެ ޤައުމުން 1.75 މިލިއަން ކޭސް ރިޕޯޓްކޮށްފައިވާއިރު ވައިރަސް ޖެހިގެން 49000 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު