Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯކަރުން ޢައްޔަނުކުރުން

އޮންލައިންކޮށް ބްރޯކަރުން ޢައްޔަނު ކުރެވޭގޮތް ހަދަނީ

19 ޖެނުއަރީ 2021 | އަންގާރަ 03:54

17 ޖަނަވަރީ 2021 އިން 31 ޖެނުއަރީ 2021 އާ ހަމައަށް ޓެސްޓް ކުރުން ކުރިއަށް ދާނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 19 ޖެނުއަރީ 2021 | އަންގާރަ 03:54
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހެޑް އޮފީސް

ކަަސްޓަމްސް ބްރޯކަރުން ޢައްޔަންކުރުމުގެ މަސައްކަތް 1 ފެބްރުއަރީ އިން ފެށިގެން ކުރާނީ އޮންލައިންކޮށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ހާމަކޮށްފިއެވެ.

ކަސްޓަސްމްސްއިން ބުނީ މި ބަދަލު ގެނައީ އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރކުރުމުގައި ޙަރަކާތްތެރިވާ ކަސްޓަމްސް ބްރޯކަރުން ޢައްޔަންކުރުމުގެ މަސައްކަތް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރެވޭގޮތަށް ހަމަޖެހުމާ ގުޅިގެންކަމަށެވެ. އެގޮތުން 01 ފެބުރުއަރީ 2021 އިން ފެށިގެން ބްރޯކަރުން ޢައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާނީ އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ކަމުގައި އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މި 17 ޖަނަވަރީ 2021 އިން 31 ޖެނުއަރީ 2021 އާ ހަމައަށް މިނިޒާމުގެ ޓެސްޓިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި މުއްދަތުގައި ވެސް ޕޯޓަލް މެދުވެރިކޮށް ބްރޯކަރުން ޢައްޔަން ކުރެވޭނެކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.

Advertisement - newsAdvertisement

ޕޯޓަލް ބޭނުންކޮށްގެން ބްރޯކަރުން ޢައްޔަންކުރާނެގޮތް ވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކަސްޓަމްސް ބްރޯކަރުން ޢައްޔަންވުމަށް ހުށަހަޅާނީ، ކަސްޓަމްސް ބްރޯކަރުން ޢައްޔަން ކުރުމާއި ވަކިކުރުމާބެހޭ އުޞޫލުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު "ކަސްޓަމްސް ބްރޯކަރުން ޢައްޔަންކުރުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށެވެ.

ކަސްޓަމްސް ބްރޯކަރުން ޢައްޔަންވުމަށް ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، އެ ހުށަހެޅުން ކަސްޓަމްސްއިން ޗެކްކުރުމަށްފަހު އެޕްރޫވްކުރުމުން، އެކަން ޕޯޓަލްގައި ރެކޯޑް ކުރެވިގެންދާނެއެވެ. ބްރޯކަރު ޢައްޔަންވުމަށް ހުށަހެޅި ރިކުއެސްޓް އެޕްރޫވްވިކަން ނުވަތަ ނޫންކަން ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް، ބްރޯކަރަށް ނުވަތަ އިމްޕޯޓަރ ނުވަތަ އެކްސްޕޯޓަރއަށް ޗެކްކުރެވޭނެއެވެ ބްރޯކަރުން ޢައްޔަންވުމަށް ހުށަހަޅާ ރިކްއެސްޓް އެޕްރޫވްކުރެވޭނީ "ކަސްޓަމްސް ބްރޯކަރުން ޢައްޔަންކުރުމާއި ވަކިކުރުން" މި އުޞޫލުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމަކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އޮންލައިންކޮށް ބްރޯކަރުން ޢައްޔަންކުރެވޭ ގޮތަށް ހަމަޖެހުނު ނަމަވެސް، ޢައްޔަންކޮށްފައިވާ ބްރޯކަރެއް ވަކިކުރެވޭނީ "ކަސްޓަމްސް ބްރޯކަރުން ޢައްޔަން ކުރުމާއި ވަކިކުރުން" އުޞޫލު ދަށުން ލިޔުމުން އެކަން ކަސްޓަމްސްއަށް ހުށަހެޅުމުންކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މަޢުލޫމާތުދެއެވެ.

ކަސްޓަމްސްއިން ދަނީ އެކުންފުނީގެ ލިޔެކިޔުންތައް ވީހާވެސް މަދުކޮށް ޒަމާނީގޮތަށް ހުރިހާ ޚިދުމަތްތަކެއް ވެސް އޮންލައިންކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަސްޓަމްސް ބްރޯކަރުން ޢައްޔަންކުރުމުގެ މަސައްކަތް އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރުމުގެ އިންތިޒާމު ހަމަޖެހުމަކީ މި މިސްރާބުގައި ހޯދުނު ބޮޑު ކާމިޔާބީއެއްކަމަށް އެ އިދާރާއިން ސިފަކުރެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޖޫން 2017

ޙައްޖުގެ އިންތިޒާމުތައް ހުރީ ހަމަޖެހިފައި، މިނިސްޓްރީން ހަދަނީ ދޮގު: ޙައްޖު ގްރޫޕްތައް

13 ޖޫން 2017
ޙައްޖުގެ އިންތިޒާމުތައް ހުރީ ހަމަޖެހިފައި، މިނިސްޓްރީން ހަދަނީ ދޮގު: ޙައްޖު ގްރޫޕްތައް
07 ޖޫން 2017

ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!

07 ޖޫން 2017
ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!
21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
12 އެޕްރީލު 2017

ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

12 އެޕްރީލު 2017
ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް