Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެއްވަދޫ ކްލަސްޓަރ

ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެއްޖެ

18 ޖެނުއަރީ 2021 | ހޯމަ 03:49

ދެއްވަދޫއިން 55 މީހުން، ލ.ފޮނަދޫއިން 4 މީހުން، ހުޅުމާލެއިން 2 މީހުން ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖެނުއަރީ 2021 | ހޯމަ 03:49
ގއ. ދެއްވަދޫ، ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ކައުންސިލުން މައުލޫމާތުދޭ

ގއ. ދެއްވަދޫ، ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ކައުންސިލުން މައުލޫމާތުދޭ

ގއ. ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދިވެސް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން އާދިއްތަ ދުވަހުގެ ރޭގެ ނިޔަލަށް 69 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެއީ ގއ.ދެއްވަދޫއިން 55 މީހުން، ލ.ފޮނަދޫއިން 4 މީހުން، ހުޅުމާލެއިން 2 މީހުން، ގއ.ވިލިނގިލިން 2 މީހުން އަދި ގއ.ދާންދޫއިން 6 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓަރގައި އެރަށުން 55 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް ފެނުމާ ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ވެސް ވަރަށް ރަނގަޅަށް އަމަލު ކުރަމުންދާ ކަމަށާއި، ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބޭ ކަމަށެވެ.

ރަށުގެ އާންމު ހާލަތު ރަނގަޅުކަން ފާހަގަކުރައްވައި ތައުފީގު ވިދާޅުވީ ފެނާއި، ކާބޯތަކެތި، ބޭސް އަދިވެސް އެހެނިހެން ބޭނުންތަކަށް ބޭނުންވާ އާލަތްތައް އެބަހުރި ކަމަށެވެ. ވަރަށް ގިނަ ފަރާތްތަކަށް އަތޮޅުތެރޭގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބެމުންދާ ކަމަށް ތައުފީގު ވިދާޅުވިއެވެ. އަދި ވިދާޅުވީ އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ގާތްގަނޑަކަށް 1380 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައިވަނީ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް