Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޮޮންބަންޑާރައިންގެ ޤުރުބާނީ

ދޮޮންބަންޑާރައިންގެ ޤުރުބާނީ ހަނދާންކޮށް ޤައުމީ ރޫޙު އާލާކުރުމަށް ރައީސް ގޮވާލައްވައިފި

16 ޖެނުއަރީ 2021 | ހޮނިހިރު 08:28

ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ދޮންބަންޑާރައިން ކުރެއްވި މަސައްކަތްޕުޅު ރައީސް ފާހަގަކުރެއްވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 ޖެނުއަރީ 2021 | ހޮނިހިރު 08:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ދޮންބަނޑާރައިންގެ ޤުރުބާނީ ހަނދާންކޮށް ޤައުމީ ރޫޙު އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

މި ޓްވީޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުރަވީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ދިވެހިރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި މި ދުވަސް ފާހަގަކުރާއިރު ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވައި ދޮންބަންޑާރައިން ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީގެ ހަނދާން އައުކުރުމަށް ގޮވާލެއްވިއެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރާއިރު ޤައުމީ ރޫޙު ދިރުވައި އާލާކުރުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން، ހޮޅިންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ގޮތުންނެވެ.

ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީތަނާ މުލީގޭ ޙަސަން މަނިކުފާނު (ދޮންބަންޑާރައިން)، އޭނާގެ ހަތަރު އެކުވެރީންނާއި މިބައިމީހުންނަށް ތަބަޢުވީ މީހުންގެ ތެރެއިން ހިތްވަރުގަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމު ނުވަ ފުޅީގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި

17 އޯގަސްޓު 2017
އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙް ކޮށްފި
07 އޯގަސްޓު 2017

މަސީހު އިސްތިއުފާދެއްވުމަށް ޕީޖީއޭ އިން "ހަނދާންކޮށްދީފި"

07 އޯގަސްޓު 2017
މަސީހު އިސްތިއުފާދެއްވުމަށް ޕީޖީއޭ އިން "ހަނދާންކޮށްދީފި"
02 އޯގަސްޓު 2017

ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން

02 އޯގަސްޓު 2017
 ސުވިޒަލޭންޑުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ލަންކާގައި ބޭއްވި ހަފްލާގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދުގެ ދެކަނބަލުން
02 އޯގަސްޓު 2017

ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

02 އޯގަސްޓު 2017
ޤައުމީ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
03 ޖުލައި 2017

މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ

03 ޖުލައި 2017
މިކުރަނީ ސިޔާސީ މަސައްކަތެއް ނޫން. ޤައުމީ މަސައްކަތެއް: އިބޫ
25 ޖޫން 2017

މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ

25 ޖޫން 2017
މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މޫސުމާއި ބެހޭ ޤައުމީ އިދާރާ
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
31 މާރިޗު 2017

މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް

31 މާރިޗު 2017
މަދު ފުލުހުން ލައްވާ ޖަރީމާ ހިންގުމަކީ "ޤައުމީ ފުލުހުންނަށް" އޮތް ގޮންޖެހުމެއް:ރިޔާޒް
02 މާރިޗު 2017

ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން

02 މާރިޗު 2017
ޙައްޤުތައް ނިގުޅައިގަތުމަށް ޤައުމީ ކަމެކޭ ނުކިޔޭނެ: މައުމޫން ފެކްޝަން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް