Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެކުނު ސަހަރާގެ މައްސަލަ

މޮރޮކޯއިން ހުޅަނގު ސަހަރާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެސްދޭނެކަމުގެ ޔަޤީންކަން އެބައޮތް

ހުޅަނގު ސަހަރާއަކީ މޮރޮކޯގެ ބައެއްކަމަށް އެމެރިކާއިން ވެސް ވަނީ އެއްބަސްވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 ޖެނުއަރީ 2021 | ހޮނިހިރު 07:50
މިނިސްޓަރ އަބްދުﷲ ޝާހިދު

މިނިސްޓަރ އަބްދުﷲ ޝާހިދު

މޮރޮކޯއިން ހުޅަނގު ސަހަރާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެސްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަން ރާއްޖެއިން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ، ހުޅަނގު ސަހަރާ މައްސަލަ ހައްލުކުރުމަށް ގެންގުޅޭ އޮޓޮނޮމީ ޕްލޭންއަށް ތަޢުރީފު ކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ވަރޗުއަލްކޮށް ބޭއްވި މިނިސްޓީރިއަލް ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވަނީ، ރާއްޖެއާއި މޮރޮކޯގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި 2019 ވަނަ އަހަރު އެމަނިކުފާނު އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރެއްވިކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. ރާއްޖެއާ ކިތަންމެ ދުރުގައި މޮރޮކޯ އޮތްކަމުގައިވީނަމަވެސް، 8 ޤަރުނަށްވުރެ ގިނަ ދުވަސްވުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދުގައި މިހާރު ދީނީގޮތުންނާއި، އިޤްތިޞާދީގޮތުން އަދި ސަޤާފަތާއި އާދަކާދައިގެ ދާއިރާއިން ގާތް ގުޅުންތަކެއް ޤާއިމުވެފައިވާކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ، ހުޅަނގު ސަހަރާ ސަރަހައްދަކީ މޮރޮކޯގެ އިހްތިޞާޞްގެ ދަށުގައިވާ ސަރަހައްދެއްކަމަށް ރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ. އދ.އާ ގުޅިގެން މޮރޮކޯއިން ހުޅަނގު ސަހަރާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެސްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގައި އދ ގެ އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން ރާއްޖެއިން އަބަދުވެސް އެހީތެރިވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ޖުލައި 2017

މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ

13 ޖުލައި 2017
މެމްބަރުކަން ގެއްލޭ މައްސަލައަށް ޝާހީނާއި މައުމޫން ހަމީދު ތަދައްޚުލްވެއްޖެ
13 ޖޫން 2017

ސުލްހަވެރި ޑެމޮކްރެޓިކް ހަރަކާތަށް އެމެރިކާއިން ރާއްޖެއަށް އެހީތެރިވާނެ: ސަފީރު

13 ޖޫން 2017
ސުލްހަވެރި ޑެމޮކްރެޓިކް ހަރަކާތަށް އެމެރިކާއިން ރާއްޖެއަށް އެހީތެރިވާނެ: ސަފީރު
07 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި

07 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު