Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓްރީގެ އޮޑިޓް ރިޕޯޓް

ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އިމާރާތް ކުރަން ހަވާލުކުރީ މާލިއްޔަތު ޤަވައިދާ ޚިލާފަށް

އޮޑިޓް ރިޕޯޓްގައި ވަނީ 5 ކަމެއް ފާހަގަކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 ޖެނުއަރީ 2021 | ހޮނިހިރު 04:47
2018 ވަނަ އަހަރު ޖެންޑަރ މިނިސްޓަރގެ މަޤާމުގައި ހުންނެވީ ޒެނީޝާ ޝަހީދު ޒަކީ

2018 ވަނަ އަހަރު ޖެންޑަރ މިނިސްޓަރގެ މަޤާމުގައި ހުންނެވީ ޒެނީޝާ ޝަހީދު ޒަކީ

ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި މާލިއްޔަތު ޤަވައިދާ ޚިލާފުވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެެއެވެ.

2018 ވަނަ އަހަރުގެ ޖެންޑަރ މިނިސްޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޖުމުލަ 5 މައްސަލައެއް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދެއްވާފައެވެ.

2018 ވަނަ އަހަރުގެ ޖެންޑަރ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ވަނީ، ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމުގައި ބޮޑު އަދަދަކުން ފައިސާ ނަގާ މާލިއްޔަތު ޤަވައިދާ ޚިލާފުވެފައިވާކަން ވަނީ ހާމަކޮށްފަައެވެ. އެގޮތުން މި މަސައްކަތް 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ހަތް މިލިއަން އެއް ސަތޭކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ ނަވާރަ ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް، މަސައްކަތުގެ އަގު ބޮޑުކަމަށްބުނެ، މިނިސްޓްރީ އޮފް ފިނޭންސްއިން ކޮންޓްރެކްޓް ބާތިލްކުރަން އެންގުމުން ޖަނަވަރީ 2017 އްގައި އެއްބަސްވުން ބާތިލުކޮށް، ހަމަ އެ އަހަރު މާލިއްޔަތު ޤަވައިދާ ޚިލާފަށް އެމަސައްކަތް ދިހަ މިލިއަން ހަތަރު ސަތޭކަ ސާޅީސް އެއް ހާސް ފަސް ސަތޭކަ ނުވަދިހަ އަށް ރުފިޔާއަށް ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ކޮ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ސިފައިންގެ ވެލްފެއަރ ކޮމްޕެނީއަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ މާލިޔަތު ޤަވައިދާ ޚިލާފައްކަމަށް ބަޔާންކޮށްފައިވަނީ، މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލްކޮށް، ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ ތިން މިލިއަން ދުއިސައްތަ ސާޅީސް ހަތަރު ހާސް ހަތް ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ އަގުބޮޑުކޮށް ހަވާލުކޮށްފައިވާތީކަމަށް އޮޑިޓް ރިޕީޯޓްގައި ވަނީ ބުނެފައެވެ.

އަދި ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތަކަށް އެޑްވާންސް ފައިދާ ދީފައިވާއިރު، މަސައްކަތުގެ ޕްރޮގްރެސިވް ޕޭމަންޓުން އެޑްވާންސް ފައިސާއާއި ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާކަމަށްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. މިކަން ހިނގާފައިވާ ގޮތަށްބަލާއިރު، މިއީ އެނގިހުރެ ދައުލަތަށް ގެއްލުންވާ ގޮަތަށް ކޮށްފައިވާކަމެއްކަމަށް ބެލެވޭތީ، މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ"އަށް ހުށަހެޅުމަށް ވަނީ ލަފާދީފައެވެ.

މީގެ އިތުރުން އިޢުލާނު ނުކޮށް އެއް ލައްކަ އޮނަތިރީސް ހާސް ދުއިސައްތަ ސަތާރަ ރުފިޔާގެ ތަކެތި ގަނެފައިވައިވާ މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ލިބުނުކަން ކަށަވަރުނުކޮށް ޚިދުމަތާ ތަކެއްޗަށް ފައިސާ ދައްކާފައިވުމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައި ނުވާކަން ވަނީ އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު