Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މޫސުން

އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފި

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖެނުއަރީ 2021 | ބުދަ 01:52
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދުއްވާފައި ދަނީ

ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު 6ން ފެށިގެން 11 ޖެހުމާ ހަމައަށް އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން މެޓް އޮފީހުން ބުނީ ބުދަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެެ ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

18 އޯގަސްޓު 2017
ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
02 ޖުލައި 2017

ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި

02 ޖުލައި 2017
ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި
02 ޖުލައި 2017

ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު

02 ޖުލައި 2017
ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު
19 މެއި 2017

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި

19 މެއި 2017
މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި
17 މެއި 2017

ބޯކޮށް ވާރޭ ވެހޭނެ، ގުގުރުން ވެސް އެކަށިގެންވޭ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް

17 މެއި 2017
ބޯކޮށް ވާރޭ ވެހޭނެ، ގުގުރުން ވެސް އެކަށިގެންވޭ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު