Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެންޒެމާ ފްރާންސްގެ ސްކޮޑަށް ނެގުން

ފްރާންސްގެ ގައުމީ ސްކޮޑަށް ބެންޒެމާ ނަގާނަން: މުލާން

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބެންޒެމާއަށް ފުރުސަތު ގެއްލުނީ 2015 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2021 | އަންގާރަ 13:48
ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ

ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ

ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް އިންތިޚާބުވެއްޖެނަމަ، ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އަނބުރާ ނަގާނެ ކަމަށް އެ އިދާރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ މިޝެލް މުލާން ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބެންޒެމާއަށް ފުރުސަތު ގެއްލުނީ 2015 ވަނަ އަހަރުއެވެ. އެ ފަހަރު އޭނާއަށް ސްކޮޑުން ފުރުސަތު ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ. މިކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސް ޓީމުގެ ދެ ކުޅުންތެރިންނެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމަށްފަހު 2015 ވަނަ އަހަރުގެ ފަހުން މި ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

ފްރާންސްގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މުލާން ވިދާޅުވީ ބެންޒެމާ ސްކޮޑުން ބޭރުކޮށްފައިވަނީ އެއްވެސް ހައްގަކާ ނުލައި ކަމަށާއި، އޭނާއަށް ރައީސްގެ މަގާމު ލިބިއްޖެނަމަ ބެންޒެމާއަށް އޭނާގެ ހައްގު ޖާގަ އަލުން ދޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ ހައިސިއްޔަތުން އެ އިދާރާގެ މުވައްޒަފެއްގެ ގޮތުގައި ހުރި ފްރާންސްގެ ކޯޗަށް އަންގާނޭ ކަމަށްވެސް މުލާން ވަނީ ވިދާޅުވެފައެވެ.

ބެންޒެމާ ސްކޮޑަށް ނަގާނެ ކަމަށް މުލާން ވިދާޅުވިއިރު، ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން ބަލަން ނިންމާފައިވާ ކަމަށް ދާދި ފަހުން ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ބުނެފައެވެ. މީގެ ކުރިން މި މައްސަލަ ރަސްމީ ހައިސިއްޔަތަކުން ބަލާފައި ނުވި ނަމަވެސް، ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނީ ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތުކުރެވޭއިރު، އެ އެންމެންގެ މައްސަލަވެސް ވަރަށް އަވަހަށް ކޯޓުގައި ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމަށެވެ.

އެކަމަކު އުމުރުން 33 އަހަރުގެ ބެންޒެމާ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ބަލަން ފެށުމަކީ މިއީ އަނެއްކާވެސް މިކަމުގައި ކުރިއަށްދާނެ އިތުރު ޑްރާމާއެއް ކަމަށެވެ.

މި މައްސަލައިގައި 2015 ވަނަ އަހަރު ބެންޒެމާ ފްރާންސްގެ ސްކޮޑުން ބޭރުކުރިއިރު، އޭނާ ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 81 މެޗު ކުޅެދީ 27 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު