Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ ކުރީކޮޅު

މުބާރާތުގައި ވާދަކުރަން 22 ކުލަބަކުން ފޯމު ހުށަހެޅި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2021 | އަންގާރަ 10:17
2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު

2018 ވަނަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބު

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެފްއޭއެމުން ތިންވަނަ ޑިވިޝަނުގައި ބައިވެރިވާން ބޭނުންވާ ސްޕޯޓްސް ކޮމިޝަނުގައާއި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ އެ އެސޯސިއޭޝަނުގެ މެންބަރު ކުލަބު، ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި އެސޯސިއޭޓް މެންބަރު ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ފުރުސަތު ހުޅުވާލީ މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ކޮމްޕެޓިޝަން ޑިޕާޓްމެންޓުގެ ހެޑް އިސްމާޢީލް ރިޔާޒް ވިދާޅުވީ އެ ފުރުސަތުގައި މުބާރާތުގައި ވާދަކުރަން 22 ކުލަބަކުން ފޯމު ހުށަހެޅި ކަމަށެވެ. އެކަމަކު ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ހަމަކުރުމުގައި ދަތިތަކެއް ހުރުމުން މީގެ ކުރިން މި މަހުގެ 11 ވަނަ ދުވަހަށް ލިޔެކިއުންތަށް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްދިން ނަމަވެސް، ކޮމިޝަނާ އޮފް ސްޕޯޓްސް އަޙްމަދު ސަލީމް (ހީނާ) ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އަދިވެސް ޓީމުތަކުގައި ލިޔެކިޔުންތައް ހަމަކުރުމުގައި ގޮންޖެހުންތައް ހުރުމުން، މިހާރު އެ މުއްދަތު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

މީގެ ކުރިން ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށުމަށް ތާވަލުކޮށްފައި އޮތީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހަށެވެ. އެކަމަކު ރިޔާޒް ވިދާޅުވީ މުބާރާތް ފެށުން ހަފުތާއަކަށް ލަސްވުން އެކަށީގެންވާ ކަމަށާއި، އެކަމަކު ފެބްރުއަރީ މަހުގެ ކުރީކޮޅު މުބާރާތް ފަށާނެ ކަމަށެވެ.

އެފްއޭއެމުން މިހާރު ހަމަޖައްސާފައިވާގޮތުން ތިންވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅުންތެރިން ރަޖިސްޓްރީކުރުން އޮތީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ތިންވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ބައެއް ކުލަބުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

މި އަހަރު ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެފްއޭއެމުން ނިންމިއިރު، މިދިޔަ ދެ އަހަރުވެސް މި މުބާރާތް ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން މި މުބާރާތް 2018 ވަނަ އަހަރު ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ. އެ މުބާރާތުގައި 31 ޓީމު ވަނީ ވާދަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު