Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި އެފްއޭ ކަޕް

ޗެލްސީ، ސިޓީ އަދި ޓޮޓެންހަމް ހަތަރުވަނަ ބުރަށް

މޯކޭމްބް އަތުން ޗެލްސީ މޮޅުވީ 4-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2021 | ހޯމަ 07:22
ޗެލްސީ އާއި މޯކޭމްބް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 4-0 ން

ޗެލްސީ އާއި މޯކޭމްބް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 4-0 ން

އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕާ ދަތުރުކޮށްފިއެވެ.

ހަތަރުވަނަ ބުރުގެ ޖާގައެއް ޗެލްސީ ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި ހަތަރުވަނަ ޑިވިޝަނުގެ މޯކޭމްބް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޓިމޯ ވާނާ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކަލުމް ހަޑްސަން-އޮޑޯއިއެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކައި ހަވާޓްޒް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

ހަތަރުވަނަ ބުރުގެ އަނެއް ޖާގަ ސިޓީން ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި ދެވަނަ ޑިވިޝަނުގެ ބާމިންހަމް ސިޓީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގައި ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ކުޅޭގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ އަގުއޭރޯ ކޮންޓެކްޓްވުމާ ގުޅިގެން ފަހު ވަގުތު އޭނާ ވަނީ އެކަހެރިވާން ޖެހިފައެވެ. އަގުއޭރޯ ވައިރަހަށް ނެގެޓިވްވި ނަމަވެސް، އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ އުސޫކުތަކުގައިވާ ގޮތުން ޕޮޒިޓިވްވި މީހަކާ ކޮންޓްކެޓްވި މީހެއް ނަމަ 10 ދުވަހަށް އެކަހެރިވާން ޖެހޭނެއެވެ. އެހެންކަމުން ސިޓީން ކުރިއަށް ކުޅެން އޮތް ދެ މެޗުވެސް އޭނާއަށް ގެއްލޭނެއެވެ.

ސިޓީގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭހެ ހަތް މިނެޓު ފަހުން ސިޓީއަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ސިލްވާއެވެ. އަދި މި މެޗުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ފިލް ފޯޑެންއެވެ.

މީގެ އިތުރުން ހަތަރުވަނަ ބުރުގެ ޖާގައެއް ޓޮޓެންހަމް ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި އަށްވަނަ ޑިވިޝަނުގެ މެރިން އޭއެފްސީ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މެރިންގެ ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމުން ލީޑު ނަގާފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކާލޮސް ވިނީޝިއުސްއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ވިނީޝިއުސް ވަނީ އިތުރު ލަނޑެއް ޖަހާ ޓޮޓެންހަމަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ލޫކަސް މޯރާ ޓޮޓެންހަމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، ފަސް މިނެޓު ފަހުން ވިނީޝިއުސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މި މެޗުގައި ޓޮޓެންހަމުން ޖެހި ފަސްވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 16 އަހަރުގެ އަލްފީ ޑެވިންއެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޓޮޓެންހަމުގެ ތާރީޚުގައި ލަނޑު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއަށެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް ޗެލްސީ އާއި، ސިޓީ އަދި ޓޮޓެންހަމް ދަތުރުކުރިއިރު، ހަތަރުވަނަ ޑިވިޝަނުގެ ކްރޯލީ ޓައުން އަތުން 3-0 ން ބަލިވެ ލީޑްސް ޔުނައިޓެޑް ވަނީ މުބާރާތުން ކަޓާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު