Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީން އުތުރަށް ކުރާ ދަތުރު

މަސްވެރިންނާއި، އޮޑިވެރިންނާއި އަދި ދަތުރުވެރިންނަށް ގާތުން ޙިދުމަތް ދިނުމަށް އެމްޓީސީސީން އުތުރަށް

10 ޖެނުއަރީ 2021 | އާދީއްތަ 16:19

12 އިން 18 ޖެނުއަރީ 2021 ގެ ނިޔަލަށް ހއ. އަތޮޅުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 ޖެނުއަރީ 2021 | އާދީއްތަ 16:19
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ

ކޯވިޑް-19 ގެ މިހާލަތުގައިވެސް މަސްވެރިންނާއި، އޮޑިވެރިންނާއި އަދި ދަތުރުވެރިންނަށް ގާތުން ޙިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ޓީމެއް އުތުރުގެ ރަށްތަކަށް ދަތުރެއް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

އެމްޓީސީސީން ބުނީ އޮޑިވެރިންނާއި، އޮޑިދޯނި ފަހަރު ބަންނަމުންދާ ފަރާތްތަކަށް މިހާލަތުގައި އެކިގޮތްގޮތުން ދިމާވެފައިވާ އަދި ދިމާވަމުންދާ ދަތިތަށް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާމެދު އޮޑިވެރިންނާއި، އޮޕްރޭޓަރުންނާއި، އިންޖިނޭރުންނާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކާއި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިޓީމުން ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ 12ން 18 ޖެނުއަރީ 2021ގެ ނިޔަލަށް ހއ. އަތޮޅުގައެވެ. އަދި 19ން 24 ޖެނުއަރީ 2021ގެ ނިޔަލަށް ހދ. އަތޮޅުގައެވެ.

މިދަތުރުގައި ކުރިއަށްދާނެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި، އަލަށް ބަންނަމުންދާ އޮޑިދޯނިފަހަރު އިންސްޕެކްޓްކޮށް، މިހާރު ދުއްވަމުންދާ އޮޑި ފަހަރުގެ އިންޖީނަށް މައްސަލައެއް ދިމާވާކަން ފާހަގަކުރެވޭނަމަ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި އެމްޓީސީސީން ފޯރުކޮށްދޭ ޙިދުމަތްތައް ލިބުމުގައި އަތޮޅުތެރޭގައި ތިއްބެވި ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތައް ދިރާސާކުރުމާއި، އިންޖީނާއި ސްޕެއަރ ޕާރޓްސް ގަތުމުގައި މާލީގޮތުން ދިމާވާ ގޮންޖެހުންތަކަށް މިހާލަތުގައި ތަޢާރަފުކުރެވިފައިވާ ފައިސާ ދެއްކޭނެ ޕްލޭންތަކާބެހޭ މަޢުލޫމާތު އޮޑިވެރިންނާއި ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު ވިޔަފާރި ފެށުނުއިރުވެސް ކުންފުނީގެ މަޤްޞަދަކަށް ވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އޮޑިވެރިންނަށް މިދާއިރާއިން ޙައްލު ހޯދާދިނުމާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 މެއި 2025

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

18 މެއި 2025
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
16 އޯގަސްޓު 2022

ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް

16 އޯގަސްޓު 2022
ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މުޖުތަމައުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް
05 ސެޕްޓެމްބަރު 2020

އެމްޕީއެލްގެ ޙިދުމަތްތަކުން ނަގާ 30 އިންސައްތަ ސާޗާޖު އުވާލަނީ

05 ސެޕްޓެމްބަރު 2020
އެމްޕީއެލްގެ ޙިދުމަތްތަކުން ނަގާ 30 އިންސައްތަ ސާޗާޖު އުވާލަނީ
02 ސެޕްޓެމްބަރު 2020

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑްތަކުން ބާރު ސްޕީޑްގައި 1 އަހަރު ދުވަހަށް ހިލޭ ވަރޗުއަލް މީޓިންގ ރޫމް ޙިދުމަތް

02 ސެޕްޓެމްބަރު 2020
ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑްތަކުން ބާރު ސްޕީޑްގައި 1 އަހަރު ދުވަހަށް ހިލޭ ވަރޗުއަލް މީޓިންގ ރޫމް ޙިދުމަތް
03 ޖުލައި 2020

ޖުލައި 5 ވަނަ ދުވަހުން ފެށިގެން އެލައިޑުގެ އޮފީހުން ޙިދުމަތް ލިބޭނެ

03 ޖުލައި 2020
ޖުލައި 5 ވަނަ ދުވަހުން ފެށިގެން އެލައިޑުގެ އޮފީހުން ޙިދުމަތް ލިބޭނެ
06 މާރިޗު 2020

އެންޒީން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވަރ ކުރުމުގެ ޙިދުމަތް ފަށަނީ

06 މާރިޗު 2020
އެންޒީން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވަރ ކުރުމުގެ ޙިދުމަތް ފަށަނީ
19 އެޕްރީލު 2019

ގިނަ ޙިދުމަތްތަކާއި އެކު ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް އުރީދޫއިން ތައާރަފްކޮށްފި

19 އެޕްރީލު 2019
ގިނަ ޙިދުމަތްތަކާއި އެކު ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް އުރީދޫއިން ތައާރަފްކޮށްފި
25 ޖެނުއަރީ 2018

ދަތުރުވެރިންނަށް 50 މިލިއަން ޑޮލަރު ވިއްކައިފި

25 ޖެނުއަރީ 2018
ދަތުރުވެރިންނަށް 50 މިލިއަން ޑޮލަރު ވިއްކައިފި
14 ޖުލައި 2017

އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި

14 ޖުލައި 2017
އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް