Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ އިބްރަހިމޮވިޗް މިލާނުގެ ސްކޮޑަށް

9 ޖެނުއަރީ 2021 | ހޮނިހިރު 14:35

އިބްރަހިމޮވިޗަށް އަނިޔާވީ ނޮވެމްބަރު މަހު ނާޕޮލީ އަތުން މިލާން މޮޅުވި މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖެނުއަރީ 2021 | ހޮނިހިރު 14:35
އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް އޭސީ މިލާނުގެ ސްކޮޑުގައި ހިމަނައިފިއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނާޕޮލީ އަތުން 3-1 ން މިލާން މޮޅުވި މެޗުގައެވެ. އެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހި ނަމަވެސް، ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 79 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އެ އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗަށް މިލާނުން ކުޅުނު 11 މެޗެއް ގެއްލުނެވެ. މީގެ ކުރިން ޑިސެމްބަރު މަހުގެ މެދުތެރޭގައި މިލާނުގެ ފަރިތަކުރުންތަކަށް އިބްރަހިމޮވިޗް ނުކުތް ނަމަވެސް، އޭނާ އެއްކޮށް ފިޓްނުވާތީ މިހާތަނަށް މިލާނުގެ ސްކޮޑުން އިބްރަހިމޮވިޗަށް ޖާގަ ދީފައެއް ނުވެއެވެ. އެކަމަކު ހޮނިހިރު ދުވަހު މިލާނުން ވަނީ އިޓާލިއަން ލީގުގައި ޓޮރީނޯއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން އިބްރަހިމޮވިޗަށް ފުރުސަތު ދީފައެވެ.

އިބްރަހިމޮވިޗް އަނިޔާއިން ރަނގަޅުވިއިރު، އަނިޔާގެ ކުރިން އޭނާ ވަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ ކުޅުނު 10 މެޗުގައި 11 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 10 ލަނޑު އިބްރަހިމޮވިޗް ޖަހާފައިވަނީ އިޓާލިއަން ލީގުގައި ކުޅުނު ހަ މެޗުގައެވެ.

މި ސީޒަނުގައި މިލާނުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އޮތީ އިޓާލިއަން ލީގުގެ އެއްވަނައިގައި ކުޅުނު 16 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ. އަދި ލީގުގައި މިހާތަނަށް މިލާން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ލީގުގައި އެންމެ ފަހުން ޔުވެންޓަސް އަތުން 3-1 ން މިލާން ބަލިވި މެޗެވެ.

މިލާނުގެ ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޓޮރީނޯއާ ދެކޮޅަށް މިލާން ނުކުންނާނީ ރާއްޖެ ގަޑިން ދަންވަރު 00:45 ގައެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި

05 ސެޕްޓެމްބަރު 2017
 ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި
26 އޯގަސްޓު 2017

އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަކީ ލިބުނު ހިއްވަރެއް: މޮރީނިއޯ

26 އޯގަސްޓު 2017
އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަކީ ލިބުނު ހިއްވަރެއް: މޮރީނިއޯ
25 އޯގަސްޓު 2017

އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކޮށްފި

25 އޯގަސްޓު 2017
އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކޮށްފި
23 އޯގަސްޓު 2017

އަސަދުﷲ ބާކީކޮށް ގައުމީ ސްކޮޑަށް އެންމެ ފަހުން ދަގަނޑޭ ނަގައިފި

23 އޯގަސްޓު 2017
އަސަދުﷲ ބާކީކޮށް ގައުމީ ސްކޮޑަށް އެންމެ ފަހުން ދަގަނޑޭ ނަގައިފި
21 އޯގަސްޓު 2017

ސްކޮޑަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ: ޒިދާން

21 އޯގަސްޓު 2017
ސްކޮޑަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ: ޒިދާން
13 ޖުލައި 2017

އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

13 ޖުލައި 2017
އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
22 މެއި 2017

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!
21 މެއި 2017

އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ

21 މެއި 2017
އަނިޔާއިން ސަލާމަތްވެ ޔޫރޮޕާ ލީގު ފައިނަލަށް އިބްރާހިމޮވިޗް ތައްޔާރުވެއްޖެ
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް