Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެންޒެމާގެ މައްސަލަ ބަލަން ފެށުން

ފަސް އަހަރު ފަހުން ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ފަށަނީ

ބަލަމުން އަންނަނީ އޮރިޔާންކާޑު ބޭނުންކޮށްގެން ވަލްބުއޭނާއަށް ބެންޒެމާ ބިރުދެއްކި މައްސަލަ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2021 | ހޮނިހިރު 14:20
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ

އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ކަރިމް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން ބަަލަން ނިންމައިފިއެވެ.

ބެންޒީމާ އާއި އަންހެނަކު ގުޅިގެން ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާ އަށް ބިރު ދައްކައި ލާރި ހޯދަން މަސައްކަތްކޮށްފައިވަނީ 2015 ވަނަ އަހަރު ފްރާންސުން އަރްމީނިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިންނެެވެ. މި މައްސަލައިގައި 2015 ވަނަ އަހަރު ބެންޒީމާ ހައްޔަރުކުރި ނަމަވެސް، ރަސްމީ ހައިސިއްޔަތަކުން މައްސަލަ ބަލާފައެއް ނުވެއެވެ. އެކަމަކު އެ ފަހަރު މި މައްސަލައިގައި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ބެންޒެމާ ބޭރުކުރިއެވެ.

މިހާ ހިސާބަށް އައިރު މި މައްސަލަ ބަލާފައި ނުވި ނަމަވެސް، ދާދި ފަހުން ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ވަރަށް އަވަހަށް ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމަށް ބުނެފައެވެ. އަދި ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތުކުރެވޭއިރު، އެ މީހުންގެ މައްސަލަވެސް ވަރަށް އަވަހަށް ކޯޓުގައި ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމަށްވެސް ޕްރޮސެކިއުޓަރުން ވަނީ ބުނެފައެވެ.

ފްރާންސްގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުން ބެންޒެމާ ވަނީ ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން ބެލްކްމެއިލް ކުރާ މީހާ ލައްވައި ވަލްބުއޭނާއަށް ގުޅައި، ބިރު ދެއްކުމުގެ އިތުރުން، އެކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

އެކަމަކު އުމުރުން 33 އަހަރުގެ ބެންޒެމާ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ބަލަން ފެށުމަކީ މިއީ އަނެއްކާވެސް މިކަމުގައި ކުރިއަށްދާނެ އިތުރު ޑްރާމާއެއް ކަމަށެވެ. އަދި ބެންޒެމާގެ ވަކީލި ސިލްވައިން ކޯމިއޭ ވަނީ މި މައްސަލައިގައި ބެންޒެމާ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، ބެންޒެމާ މަސައްކަތް ކުރަމުންދިޔައީ އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ ކުޅުންތެރިއަކު މި ބިރުވެރި ކަމުން ސަލާމަތް ކުރުމަށް ކަމުގައި ވިދާޅުވެފައެވެ. އެކަމަކު ވެލްބުއޭނާ އާއި އޭނާގެ ވަކީލު މަސައްކަތް ކުރަމުންދަނީ އެ ހުރިހާ ކަމެއް އެނގިހުރެ، ބެންޒެމާގެ އަބުރު ކަތިލުމަށް ކަމަށްވެސް ސިލްވައިން ވަނީ ވިދާޅުވެފައެވެ.

މިކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސް ޓީމުގެ ދެ ކުޅުންތެރިންނެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމަށްފަހު 2015 ވަނަ އަހަރުގެ ފަހުން މި ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ. އެއާއެކު ބެންޒެމާ މިހާތަނަށް ފްރާންސް ޓީމަށް 81 މެޗު ކުޅެދީފައިވާއިރު، ވަލްބުއޭނާ ވަނީ 52 މެޗު ކުޅެދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު