Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭގެ މެޗު

މި ފަހަރުގެ ސީޒަނަކީ ޗެލެންޖިންގ ސީޒަނެއް: އިންމަ

9 ޖެނުއަރީ 2021 | ހޮނިހިރު 13:48

ދަ ގްރާންޑޭ މެޗަކުން ބަލިވެފައި ނުވާއިރު، ގްރީން ސްޓްރީޓްސް މިހާތަނަށް މޮޅުވެފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖެނުއަރީ 2021 | ހޮނިހިރު 13:48
ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށާއި، މި ފަހަރުގެ ސީޒަނަކީ ޗެލެންޖިންގ ސީޒަނެއް ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

މިދިޔަ ސީޒަނަށް ކަނޑައެޅި ޓާގެޓަށްވުރެ ރަނގަޅު ހިސާބަކަށް ދިއުމަށް އަމާޒުހިފާފައިވާ ދަ ގްރާންޑޭއިން ލީގުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ޓީމު އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި ކުޅުނު ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ދަ ގްރާންޑޭ އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިންމަ ބުނީ ލީގުގައި ކުޅޭ ކޮންމެ މެޗަކީވެސް ވަރުގަދަ މެޗެއް ކަމަށާއި، ފަސޭހަ މެޗެއް މި ލީގުގައި ނުކުޅޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތް މެޗަށް ނުކުންނައިރު ދަ ގްރާންޑޭއިން އެންމެ ބޮޑަށް ވިސްނާނީ މިހާރުގެ ޕާފޯމަންސް ހިފެހެއްޓުމަށް ކަމަށާއި، ޕާފޯމަންސް އެއްވަރެއްގައި ހިފެހެއްޓިއްޖެނަމަ ކާމިޔާބުވާނެ ކަމަށްވެސް އިންމަ ބުންޏެވެ.

އިންމަ އިތުރަށް ބުނީ ގިނަ ދުވަސްތަކަކަށްފަހު ފުޓްބޯޅަ ސީޒަން ފެށުމުން އެއީ ޗެލެންޖެއް ކަމަށާއި، މި ހާލަތަކީ ހުރިހާ ކޯޗުންނަށްވެސް އައު ކަމެއް ކަމަށެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު ކުޅެން ފެށުމުން އަނިޔާގެ މައްސަލަ ކުޅުންތެރިންނަށް ދިމާވަމުން އަންނަކަން ފާހަގަކުރަމުން އިންމަ ބުނީ އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާގެ މައްސަލަ ހުރި ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

ދަ ގްރާންޑޭ މެޗުގެ ކުރިން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މި މެޗަށް ނުކުންނައިރު ދަ ގްރާންޑޭއަށް ފައިދާ ބޮޑު ކަމަށާއި، އެހެންނަމަވެސް ގްރީން ސްޓްރީޓްސްއިން މި މެޗަށް ނުކުންނާނީ އެ ފައިދާ ބަދަލުކުރުމުގެ ރޫހުގައި ކަމަށެވެ. އަދި ލީގުގައި ގްރީން ސްޓްރީޓްސްއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސީޒަން ފެށުނުއިރު ރަނގަޅު ގޯލްކީޕަރެއް ނެތުން ކަމަށާއި، އެކަމަކު އައު ގޯލްކީޕަރު އައުމާއެކު އެކަން ރަނގަޅުވެފައިވާ ކަމަށްވެސް ނިސްތާރު ބުންޏެވެ. އަދި ޓީމަށް ދިމާވެފައިވާ ލަނޑު ޖެހުމުގެ މައްސަލަ ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ.

ލީގުގައި މިހާތަނަށް ގްރީން ސްޓްރީޓްސްއިން ހަތަރު މެޗު ކުޅެފައިވާއިރު، އެ ޓީމު އަދި މިހާތަނަށް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އަދި ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ 21:00 ގައެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

އީގަލްސް މިޑްފީލްޑަރު އިންމަ ނިއުއަށް ސޮއިކޮށްފި

07 ޖެނުއަރީ 2018
އީގަލްސް މިޑްފީލްޑަރު އިންމަ ނިއުއަށް ސޮއިކޮށްފި
14 ޑިސެމްބަރު 2017

ނިއުއާއެކު ހަދާފައިވާ އެއްބަސްވުން އިންމަ އާކޮށްފި

14 ޑިސެމްބަރު 2017
ނިއުއާއެކު ހަދާފައިވާ އެއްބަސްވުން އިންމަ އާކޮށްފި
12 ޑިސެމްބަރު 2017

ގައުމީ ވޮލީ ލީގު: މިފަހަރުގެ ޗެމްޕިއަންއަކީ މޯލްޑިވިއަން

12 ޑިސެމްބަރު 2017
ގައުމީ ވޮލީ ލީގު: މިފަހަރުގެ ޗެމްޕިއަންއަކީ މޯލްޑިވިއަން
20 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

20 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު
01 ނޮވެމްބަރު 2017

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

01 ނޮވެމްބަރު 2017
ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ
15 އޮކްޓޯބަރު 2017

މި ފަހަރުގެ ބެލޮންޑޯ އެވޯޑުގެ ފޭވަރިޓަކީ ރޮނާލްޑޯ: ނޭމާ

15 އޮކްޓޯބަރު 2017
މި ފަހަރުގެ ބެލޮންޑޯ އެވޯޑުގެ ފޭވަރިޓަކީ ރޮނާލްޑޯ: ނޭމާ
13 އޮކްޓޯބަރު 2017

ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

13 އޮކްޓޯބަރު 2017
ކުޑަ އިންމަ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް