Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި ސަސްގެ މެޗު

އެންމެ ފަހުގެ ޗެމްޕިއަނުންނަށް ވުން އެއީ ބޮޑު ޕްރެޝަރެއް: ވިޑަކޮވިޗް

9 ޖެނުއަރީ 2021 | ހޮނިހިރު 13:41

ސަސް މެޗަކީ ވިޑަކޮވިޗާއެކު މާޒިޔާއިން ލީގުގައި ކުޅޭނެ ފުރަތަމަ މެޗު

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖެނުއަރީ 2021 | ހޮނިހިރު 13:41
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ އެންމެ ފަހުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނަށް ކަމަށް ވުމުން އެއީ ބޮޑު ޕްރެޝަރެއް ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

މާޒިޔާއިން ބިދޭސީ ކޯޗެއް ގެނައީ މިދިޔަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު އެ ޓީމާ ހަވާލުވި މުޙައްމަދު ނިޒާމް (ނިޒާމްބެ) މަގާމުން އިސްތިއުފާދިނުމާ ގުޅިގެންނެވެ. އެއާއެކު މި މަހުގެ ތިންވަނަ ދުވަހު ވިޑަކޮވިޗް ވަނީ މާޒިޔާގެ ކޯޗަކަށް ހަމަޖައްސާފައެވެ. ވިޑަކޮވިޗާއެކު މާޒިޔާއިން ލީގުގެ ފުރަތަމަ މެޗަށް ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ހަތަރު މެޗުން އަށް ޕޮއިންޓާއެކުއެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ މާޒިޔާ އަކީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަނުންނަށް ވުމުން އެހެން ޓީމުތަކުން މާޒިޔާއާ ދެކޮޅަށް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށާއި، އެޓީމުތަކުން 200 އިންސައްތަ މާޒިޔާ ބަލިކުރުމަށް ދޭނެ ކަމަށެވެ. އެހެންކަމުން ލީގުގައި ކުޅޭ ކޮންމެ މެޗަކީވެސް މާޒިޔާއަށް އުނދަގޫ މެޗެއް ކަމަށާއި، އެކަން އޭނާގެ ކުޅުންތެރިންނަށް އެނގޭނެ ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗް އިތުރަށް ބުނީ މާޒިޔާގައި މިވަގުތު އޮތް ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، މާޒިޔާގެ ކޮންމެ ކުޅުންތެރިއަކީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ.

މާޒިޔާ މެޗުގެ ކުރިން ލީގުގައި އަލަށް ވާދަކުރަމުން އަންނަ ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މާޒިޔާއާ ދެކޮޅަށް އެ ޓީމުން ނުކުންނާނީ މި މެޗަކީ ލީގުގައި ކުޅެން ޖެހޭ އެންމެ އުނދަގޫ މެޗުކަން ދެކިގެން ކަމަށާއި، މެޗަށް ނުކުންނައިރު ކުޅުންތެރިން ފިޓްކޮށް ތިބުން އެއީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މެޗަށް ނުކުންނައިރު ސަސްގެ ކުޅުންތެރިން ނުކުންނާނީ މާޒިޔާ އަކީ ކިހާވަރެއްގެ ޓީމެއްކަން ދެކިގެން، އެކަމަށް ތައްޔާރުވެގެން ކަމަށާއި، އެކަން ދަނޑުމަތިން ފެންނާނެ ކަމަށްވެސް ނާދު ބުންޏެވެ. އެކަމަކު މި މެޗަށް ނުކުންނައިރު ސަސްއަށް އެއްވެސް ފައިދާއެއް ނެތް ކަމަށްވެސް ނާދު ވަނީ ބުނެފައެވެ.

ލީގުގައި ސަސް އާއި މާޒިޔާވެސް މިހާތަނަށް މެޗަކުން ބަލިވެފައި ނުވާއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުން ސަސް އާއި މާޒިޔާވެސް ވަނީ އެއްވަރުވެފައެވެ. ލީގު ތާވަލުގައި ސަސް އޮތީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް