Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުން

2021 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ އިންވެސްޓްމެންޓް އަހަރު - މިނިސްޓަރ

9 ޖެނުއަރީ 2021 | ހޮނިހިރު 08:35

ހުއްޓިފައި ހުރި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާނަން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ޖެނުއަރީ 2021 | ހޮނިހިރު 08:35
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް -  2021 ވަނަ އަހަރަށް ފަތުރުވެރިކަމުގެ ގިނަ ޕްލޭންތަކެއް ވަނީ އެކަށައަޅާފައި

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް - 2021 ވަނަ އަހަރަށް ފަތުރުވެރިކަމުގެ ގިނަ ޕްލޭންތަކެއް ވަނީ އެކަށައަޅާފައި

އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލު ފާހަގަކުރާއިރު، 2021 ވަނަ އަހަރު ބްރޭންޑް ކޮށްފައި މިވަނީ ފަތުރުވެރިކަމުގެ އިންވެސްޓްމެންޓް އަހަރުގެ ގޮތުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ވިޔަފާރި މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރު ގިނަ ވިޔަފާރިތަކެއް ހުޅުވިގެންދާނެކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ފަތުރުވެރިމުގެ ސިނާއަތުގައި ރިސޯޓް، ސަފާރީ ނުވަތަ ގެސްޓް ހައުސްތަކަށް އިންވެސްޓްކޮށް އެހެން ނަމަވެސް ދިމާވި ގޮންޖެހުންތަކާއި އެކު އެތަންތަން ނުހުޅުވި އެބަހުރި ކަމަށާއި 2022 ވަނަ އަހަރު ހިނގައިގަންނަން ވާއިރަށް މިހުރިހާ ވިޔަފާރިތަކެއް ފެށެން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަހަރުގެ ކުރިއަށް ހުރި މަސްތަކުގައި އިންވެސްޓްކުރުމަށް ފަހު ތަންތަން ނުހެދި ހުރި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ ތާވާލެއް ހަދައި އެތަންތަން ހަދައި ނިމި ވުޖޫދަށް ގެނައުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަންވެސް ފަތުރުވެރިމުގެ ސިނާއަތާއި ގުޅިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ކަންތައްތައް ލާމެއްސޭނީ ފަތުރުވެރިކަމަށްވެސް ފުދޭވަރެއްގެ ކުރިއެރުންތަކެއް ލިބިގެން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ވެގެން ދިއުމަކީވެސް ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށާއި މިހާރު ރާއްޖޭގައި އެތެރޭގެ ދަތުރުތައް ކުރާ ގިނަ އަދަދެއްގެ އަމިއްލަ ފަރާތްތަށް ތިބި ނަމަވެސް ހަރުދަނާ އާންމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ ރަންޔޫބީލް ފާހަގަކުރާ އިރު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ފަހި ފުރުސަތުތައް ގާއިމްކޮށްދީ އެ މުވައްޒަފުންނަށް ހިނުތުންވުން ގެނައުމަކީ މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް