Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ އާއި ވެލެންސިއާގެ މެޗު

ތާވަލުގެ ކުރީގައި އޮތުމަކީ އެންމެ އުނދަގޫ ކަންތައް: އާތީ

8 ޖެނުއަރީ 2021 | ހުކުރު 04:04

އެއްވަނައިގައި ވެލެންސިއާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޖެނުއަރީ 2021 | ހުކުރު 04:04
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އޮތުމަކީ އެންމެ އުނދަގޫ ކަންތައް ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ލީގުގެ އެއްވަނައިގައި ވެލެންސިއާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ލީގުގައި މިހާތަނަށް މެޗަކުން ވެލެންސިއާ ބަލިވެފައި ނުވާއިރު، އެ ޓީމު ކޮޅަށް އަދި މިހާތަނަށް ލަނޑެއްވެސް ވަދެފައެއް ނުވެއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ ވެލެންސިއާގެ ފަހަތުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބުމާއެކު، ފުދޭވަރަކަށް ޓީމުގެ ފަހަތް ވަރުގަދަ ކަމަށެވެ. އަދި މި ހާތަނަށް ޓީމު ކޮޅަށް ލަނޑެއް ވަދެފައި ނުވާއިރު، އުންމީދަކީ ކުރިއަށް އޮތް މެޗުގައިވެސް ބައިކޮޅަށް ލަނޑެއް ނުވެދުން ކަމަށްވެސް ބުންޏެވެ.

އާތީ އިތުރަށް ބުނީ ތާވަލުގެ ކުރީގައި އޮތުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް ސަޕޯޓަރުންނާއި މީޑިއާއަށް ހީވެދާނެ ކަމަށާއި، އެކަމަކު ތާވަލުގެ ކުރީގައި އޮތުމަކީ އެންމެ އުނދަގޫ ކަންތައް ކަމަށެވެ. ސަބަބެއް ގޮތުން އާތީ ބުނީ އިދިކޮޅަށް ކުޅޭ ޓީމުތައް ނުކުންނާނީ އެ ޓީމު އޮތް ހާލަތު ބަދަލުކުރުމަށް ޕޮއިންޓެއް ހޯދުމަށް ކަމަށާއި، އެއާއެކު އެއީ ވެލެންސިއާއަށް ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. އެހެންކަމުން މި މެޗުތައް ދާނީ ފައިނަލެއް ގޮތަށް ކަމަށްވެސް އާތީ ވަނީ ބުނެފައެވެ.

ވެލެންސިއާ މެޗުގެ ކުރިން ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ ލީގުގައި މިހާރު އޮތް އެންމެ ވަރުގަދަ ޓީމަކީ ވެލެންސިއާ ކަމަށާއި، ލީގުގައި ޓީސީއަށް ދިމާވާނެ އެންމެ އުނދަގޫ ކަންތަކަކީ ވެލެންސިއާ ހިފެހެއްޓުން ކަމަށެވެ. އަދި ގޯލްކީޕަރުން ފެށިގެން ފޯވާޑުންނާ ހިސާބަށްވެސް ވެލެންސިއާގައި ތިބީ ވަރުގަދަ ކުޅުންތެރިން ކަމަށާއި، އެހެންކަމުން ވެލެންސިއާގެ ބަލިފައެއް ހޯދަން ވަރަށް އުނދަގޫ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ޝާޒްލީ އިތުރަށް ބުނީ ޓީސީއަށް ދިމާވާ ހަމައެކަނި މައްސަލައަކީ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން މަދުވުން ކަމަށާއި، އެކަމަކު ޓީމުގައި ތިބި ކުޅުންތެރިންނާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ޓީސީގެ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، ވެލެންސިއާ ކަހަލަ ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކާ ދެކޮޅަށް ނުކުންނަން ވަރަށް ބޮޑަށް އުދަނގޫވާނެ ކަމަށްވެސް ޝާޒްލީ ވަނީ ބުނެފައެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޓީސީ ފަސް ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި

15 އެޕްރީލު 2017
ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
07 އެޕްރީލު 2017

މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

07 އެޕްރީލު 2017
މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް