Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އީގަލްސް އާއި ޔޫވީގެ މެޗު

އީގަލްސްއަށް ހުރިހާ ގޮތަކުންވެސް ޕްރެޝަރު ބޮޑު: މޯހަން

އީގަލްސް އާއި ޔޫވީއަށްވެސް މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅެއް ހޯދިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2021 | ހުކުރު 03:54
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

މިހާރު ހުރިހާ ގޮތަކުންވެސް ކުލަބު އީގަލްސްއަށް ޕްރެޝަރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި އީގަލްސް މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޮތީ ތާވަލުގެ ފުލުގައެވެ. އީގަލްސްއަށް މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅެއް ހޯދިފައިނުވާއިރު، އެ ޓީމު އޮތީ ފުލުގައި އެންމެ ޕޮއިންޓަކާއެކުއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މި ފަހުގެ ތާރީޚެއްގައި އީގަލްސް މިހާ ދަށްކޮށް އޮތްހެން ހީނުވާ ކަމަށާއި، އީގަލްސްއަށް މިހާރު ހުރިހާ ގޮތަކުންވެސް ޕްރެޝަރު ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަކު ހުރިހާ ކަމެއް މި ވަގުތަށް ހުރީ އީގަލްސްއާ ދެކޮޅަށް ކަމަށްވެސް މޯހަން ބުންޏެވެ.

މޯހަން އިތުރަށް ބުނީ އީގަލްސްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުންދާ ކަމަށާއި، އެހެންކަމުން މި ދަނޑުވަޅުގައި އީގަލްސްގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ލީޑާޝިޕް ބޭނުންވާ ކަމަށެވެ. އަދި ޓީމުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ހުރުމާއެކު، މި ހާލަތުން އަރައިގަތުމަށް ހުރިހާ ކުޅުންތެރިންގެވެސް އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް މޯހަން ވަނީ ބުނެފައެވެ.

އީގަލްސް މެޗުގެ ކުރިން ޔޫވީގެ ކޯޗު މުޙައްމަދު އާދަމް ބުނީ އެ ޓީމުގެ ހާލަތަށް ބަލާއިރު އީގަލްސްއާ ދެކޮޅަށް މާ ރަނގަޅު ޓީމެއް ނެރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އެގޮތުން އެންމެ ފަހުން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޔޫވީގެ ދެ ޑިފެންޑަރުން ކަމަށްވާ ޔާސީން ފިރާގާއި އާދިލް އަބްދުލް ރަހްމާނަށް އަނިޔާވިއިރު، އެ ދެ ކުޅުންތެރިން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަހެއްހާ ދުވަސް ނަގާނެ ކަމަށާއި، އެހެންކަމުން ޓީސީއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ޖުމްލަ ހަތް ކުޅުންތެރިއަކު ނުލައި ކަމަށް މުޙައްމަދު އާދަމް ބުންޏެވެ.

އީގަލްސްއާ ބެހޭ ގޮތުން މުޙައްމަދު އާދަމް ބުނީ އީގަލްސްއަށް އޮތް ހަމައެކަނި ފައިދާއަކީ އެ ޓީމުގެ ކުޅުންތެރިން އެކުގައި ކުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވުން ކަމަށާއި، ދެ ޓީމުގައިވެސް އަނިޔާގެ ގިނަ މައްސަލަތަކެއް އުޅޭއިރު، ޔޫވީއަށް އޮތް ގެއްލުމަކީ ސްކޮޑުގައި ޓީމާ އަލަށް ގުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނުން ކަމަށެވެ. އެކަމަކު ލީގުގައި އަދި މިހާތަނަށް އީގަލްސްއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، މި މެޗު އެހާ އުނދަގޫ ނުވާނެ ކަމަށްވެސް މުޙައްމަދު އާދަމް ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޔޫވީއަށްވެސް މޮޅެއް ހޯދިފައި ނުވާއިރު، އެ ޓީމު ވަނީ ދެ މެޗަކުން އެއްވަރުވެފައެވެ. އެހެންކަމުން ލީގު ތާވަލުގައި ޔޫވީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކު ފުލުން ދެވަނައިގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ޔޫވީ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު