Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިޒޭއަށް އަނިޔާވެ ކުޅުމާ ދުރަށް

ރިޒޭއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ

ހަ މަސް ވަންދެން ރިޒޭ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ޖެނުއަރީ 2021 | ބުރާސްފަތި 12:42
ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ)

ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ)

ކުލަބު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާއަށް ދެން މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ރިޒޭގެ ކަކުލަށް އަނިޔާވީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އަތުން 2-0 ން އީގަލްސް ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރިޒޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި ރިޒޭގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، ދާދި ފަހުންވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ލީގުގެ ކުރީކޮޅުގައި އީގަލްސްއިން ކުޅުނު ބައެއް މެޗުތައް ރިޒޭއަށް ގެއްލުނެވެ.

އެ ފަހަރު ލިބުނު އަނިޔާއިން ރިޒޭ އެއްކޮށް ރަނގަޅު ނުވަނީސް، ހޯމަ ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރިޒޭގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ. އެހެންކަމުން އެ އަނިޔާއިން ރަނގަޅުވުމަށް ރިޒޭ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާއިރު، ހަ މަސް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ ރިޒޭއަށް މި ސީޒަން ނިމިފައިވާކަން ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ ކަމަށާއި، އުންމީދަކީ އަންނަ ސީޒަން ފެށޭއިރަށް ކުޅެވޭ ވަރަށް ތައްޔާރުވެވޭނެ ކަމަށެވެ.

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން ރިޒޭއަށް މި ސީޒަން ނިމުނުއިރު، މި އަހަރުގެ މާޗު މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް ފެށުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ރިޒޭއަށް އަނިޔާވުމަކީ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ.

ރިޒޭގެ އަނިޔާއާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރިޒޭއަށް ލިބުނު އަނިޔާގެ ޚަބަރު އަޑުއެހީ ހިތާމައާއެކު ކަމަށާއި، އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

ރިޒޭއަށް އަނިޔާވިއިރު، އީގަލްސްގައި އަނިޔާގެ މައްސަލަތައް ގިނައެވެ. މި ސީޒަނުގެ ތާވަލުގެ ފުލުގައި އީގަލްސް އޮތްއިރު، އެ ޓީމުން އަދި މިހާތަނަށް މި ސީޒަނުގައި މެޗަކުން މޮޅުވެފައެއް ނުވެއެވެ. ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި އީގަލްސް އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2017

ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ ޔުނައިޓެޑުން: މޮރީނިއޯ

23 ޖުލައި 2017
ޑެހެއާ ކުރިޔަށް އޮތް ސީޒަނުގައިވެސް ފެންނާނީ ޔުނައިޓެޑުން: މޮރީނިއޯ
10 ޖުލައި 2017

ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް

10 ޖުލައި 2017
ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް
20 މެއި 2017

އަންނަ ސީޒަނުގައި މިސްޓޭކްތަކެއް ނުފެންނާނެ: މޮރީނިއޯ

20 މެއި 2017
އަންނަ ސީޒަނުގައި މިސްޓޭކްތަކެއް ނުފެންނާނެ: މޮރީނިއޯ
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް