Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގޯލްޑް ސެޓްފިކެޓް ކައިމޫގެ ތިން ރިސޯޓަކަށް

ކޮވިޑް ސޭފްޓީ ގޯލްޑް ސެޓްފިކެޓް ކައިމޫގެ ތިން ރިސޯޓަކަށް

ސެޓްފިކެޓް ލިބިފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެ ރިސޯޓުތަކުން ހިފާއްޓަމުންދާ ސާފުތާހިރުކަމުގެ މިންގަނޑުތަކުގެ ސަބަބުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 ޖެނުއަރީ 2021 | ބުދަ 10:30
ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިން ހިންގަމުންދާ ރިސޯޓެއް

ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިން ހިންގަމުންދާ ރިސޯޓެއް

ރާއްޖޭގެ ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިން ހިންގަމުންދާ ތިން ރިސޯޓަކަށް ހޮޓެލް ރެސިލިއެންޓުން ދޭ އިންޓަނޭޝަނަލް ސެޓްފިކެޓެއް ކަމަށްވާ ގޯލްޑަން ސެޓްފިކެޓް ލިބިއްޖެއެވެ.

އެގޮތުން މި ސެޓްފިކެޓް ލިބިފައިވަނީ ސަމަރ އައިލެންޑް މޯލްޑިވްސް، އެނބޫދޫ ވިލެޖް އަދި އީކުއޭޓަރ ވިލެޖަށެވެ. މި ތިން ރިސޯޓަށް މި ސެޓްފިކެޓް ލިބިފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެ ރިސޯޓުތަކުން ހިފާއްޓަމުންދާ ސާފުތާހިރުކަމުގެ މިންގަނޑުތަކުގެ ސަބަބުންނެވެ.

މި ތިން ރިސޯޓަށް މި ކޮވިޑް ސޭފްޓީ ގޯލްޑް ސެޓްފިކެޓް ލިބިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ސެޓްފިކެޓް ލިބިގެން ދަނީ ކޮންމެ ރިސޯޓަކުންވެސް ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގެންގުޅޭ ޕޮލިސީތަކާއި، ސާފުތާހިރުކަން ދެމެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ގައިދުރުކަމަށް ދީފައިވާ ސަމާލުކަމުގެ އިތުރުން ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ކަނޑައަޅާފައިވާ ގޮތްތައް ބެލުމަށްފަހުއެވެ.

ކައިމީގެ ތިން ރިސޯޓަކަށް މި އެވޯޑް ލިބުމާއެކު ކައިމީގެ މެނޭޖިން ޑިރެކްޓަރު މާނިހް އަޙްމަދު ވަނީ ގޯލްޑް ސެޓްފިކެޓް ލިބުމަކީ އެކަމާ މެދު ވަރަށް އުފާވާ ކަމެއް ކަމަށާއި، މިއީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދައްކައިދޭ ސެޓްފިކެޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލެވޭނެ ކަމަށް މާނިހް ވަނީ ފާހަގަކޮށްފައެވެ.

ގޯލްޑް ސެޓްފިކެޓަކީ ހޮޓެލް ރެސިލިއެންޓުން ރިސޯޓުތަކަށް ދޭ އެންމެ މަތީފަންތީގެ ސެޓްފިކެޓެވެ. މިއީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރިސޯޓުތަކުންދޭ އަހަންމިޔަތުންކަން ރަމްޒުކޮށްދޭ ސެޓްފިކެޓެކެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2019

ގޯލްޑް 100ގެ ޕާޓްނަރަކަށް އެމްސެވަން ހަމަޖައްސައިފި

15 ފެބުރުއަރީ 2019
ގޯލްޑް 100ގެ ޕާޓްނަރަކަށް އެމްސެވަން ހަމަޖައްސައިފި
15 ޖެނުއަރީ 2019

'ގޯލްޑް 100 ބިޒްނަސް އެވޯޑްސް' ގެ ޕްލެޓިނަމް ޕާޓްނަރަކަށް މި ފަހަރު ވެސް ބީއެމްއެލް

15 ޖެނުއަރީ 2019
'ގޯލްޑް 100 ބިޒްނަސް އެވޯޑްސް' ގެ ޕްލެޓިނަމް ޕާޓްނަރަކަށް މި ފަހަރު ވެސް ބީއެމްއެލް
07 ޖެނުއަރީ 2019

ގޯލްޑް 100 އެވޯޑްސް ހަފްލާ އަންނަ މަހު

07 ޖެނުއަރީ 2019
ގޯލްޑް 100 އެވޯޑްސް ހަފްލާ އަންނަ މަހު
01 ޑިސެމްބަރު 2018

ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

01 ޑިސެމްބަރު 2018
ކަސަބު ވިއުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި
02 އޯގަސްޓު 2018

މަލަހިނި ސޭންޑީ މިޝަންގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

02 އޯގަސްޓު 2018
މަލަހިނި ސޭންޑީ މިޝަންގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު