Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ އޮޑިޓް ރިޕޯޓު

2017 ވަނަ އަހަރު އައިޖީއެމްއެޗްގައި ފާހާނާ ބަރިިއެއް ހެދުމަށް 4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް: އޮޑިޓް ރިޕޯޓް

5 ޖެނުއަރީ 2021 | އަންގާރަ 10:35

އައިޖީއެމްއެޗްގައި ފާޚާނާބަރިއެއް ހެދުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް 4،801،599ރ ޚަރަދުކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޖެނުއަރީ 2021 | އަންގާރަ 10:35
އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓް: 2017 ވަނަ އަހަރު މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ޚަރަދުތަކެއް ކޮށްފައިވޭ

އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓް: 2017 ވަނަ އަހަރު މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ޚަރަދުތަކެއް ކޮށްފައިވޭ

އާންމުން ބޭނުންކުރުމަށް 2017 ވަނަ އަހަރު އައިޖީއެމްއެޗްގައި ހެދި ފާހާނާބަރި ހެދުމަށް 4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް ހެލްތް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި، ޖުމްލަ 4،801،599ރ (ހަތަރު މިލިއަން އަށްލައްކަ އެއްހާސް ފަސްސަތޭކަ ނުވަދިހަނުވަ ރުފިޔާ) ޚަރަދުކޮށްގެން އާންމުން ބޭނުންކުރުމަށް ފާޚާނާ ބަރިއެއް ހަދާފައިވާއިރު، އެ މަސައްކަތް ހަވަލުކުރާނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅާފައިނުވެއެވެ. ނަމަވެސް މަސައްކަތުގެ އަގު 1،500،00ރ (އެއް މިލިއަން ފަސް ސަތޭކަހާސް ރުފިޔާ)އިން ފެށިގެން މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދާނީ، ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެންކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް، މަސައްކަތުގެ އަގު، ތަކެތީގެ އަގާއެކު، 100،000ރއަށްވުރެ ބޮޑުނަމަ، މަސައްކަތުގެ ޖުމްލަ އަގުގެ 15 ޕަސެންޓަށްވުރެ ބޮޑުނުވާ އަދަދަކަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި މަސައްކަތުގެ ޖުމްލަ އަގުގެ 30 ޕަސެންޓަށްވާ ޖުމްލަ 990،139ރ އެޑްވާންސްގެ ގޮތުގައި ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މާލިއްޔަތު ގަވާއިދުގެ ބަޔާންކޮށްފައިވާ، މަސައްކަތުގެ އަގުގެ 10 ޕަސެންޓަށްވުރެ ބޮޑުނޫން އަދަދެެއް ވޭރިއޭޝަންގެ ގޮތުގައި މަސައްކަތުގެ އަގަށް އިތުރު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ވޭރިއޭޝަންގެ ގޮތުގައި ޖުމްލަ އަގުގެ 35 ޕަސެންޓަށްވާ 1،216،725ރ ޚަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މާލިއްޔަތު ގަވާއިދާ ހިލާފަށް، އައިޖީއެމްއެޗްގައި ނިއުމެޓިކް ޝޫޓް ހަރުކުރުމުގެ މަސައްކަތަށް 11،912،952ރ (އެގާރަ މިލިއަން ނުވަލައްކަ ބާރަހާސް ނުވަސަތޭކަ ފަންސާސްދެ ރުފިޔާ) ޚަރަދުކޮށްފައިވާ މައްސަލައެއްވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެމަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވަނީވެސް ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހެޅުމަކާނުލާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް