Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ރަޝިޔާގެ ހާލަތު

ރަޝިޔާގެ އަށްލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ޖަހައިފި

ވެކްސިން ދިނުމަށްޓަކައި 1.5 މިލިއަން ޑޯޒް ރަޝިޔާގެ އެކި ހިސާބުތަކަށް ގެންގޮސްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖެނުއަރީ 2021 | އާދީއްތަ 17:24
ރަޝިޔާގެ އަރމީ އޮފިސަރެއްގެ ގަޔަށް ވެކްސިން ޖަހަނީ

ރަޝިޔާގެ އަރމީ އޮފިސަރެއްގެ ގަޔަށް ވެކްސިން ޖަހަނީ

ރަޝިޔާގެ 800،000ށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހާފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ މީކާއީލް މުރަޝްކޯ ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ވެކްސިން ދިނުމަށްޓަކައި 1.5 މިލިއަން ޑޯޒް ރަޝިޔާގެ އެކި ހިސާބުތަކަށް ގެންގޮސްފައިވާކަމަށެވެ.

ރަޝިޔާގައި އެގައުމުން ކޮވިޑް19ށް އުފެއްދި ސްޕްޓްނިކްވީ ވެކްސިން ދޭންފަށާފައިވަނީ ޑިސެމްބަރ މަހުގެ ކުރީކޮޅުއެވެ. ރަޝިޔާއަކީ ހަތަރު ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަށްވާއިރު އެގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަކީ އެގައުމުގެ އަމާޒެކެވެ. އެކަމަށްޓަކައި އެހެން ވެކްސިންތައް ދިނުމުގެ މަސައްކަތްވެސް ރަޝިޔާ ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަޝިޔާގައި ވެކްސިން ޖަހާ މީހުންނަށް ވެކްސިން ދިންކަން އަންގައިދިނުމަށްޓަކައި އިލެކްޓްރޯނިކް ސެޓްފިކެޓެއް ލިބޭނެއެވެ. އެއީ ވެކްސިން ޖަހާ މީހުންގެ ޑާޓާތައް ބެލެހެއްޓުމުގެ މަގްސަދުގައި ކަމަށް ރަޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރަޝިޔާގެ ސްޕްޓްނިކްވީ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާއިރު މިވެކްސިން ގައި ދެ ޑޯޒް ހިމެނެއެވެ. ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ދޭނީ 21 ދުވަސް ފަހުންނެވެ.

ރަޝިޔާއިން ވަނީ މިދިޔަ ހަފްތާގައި އަރޖެންޓީނާއަށް 300،000 ޑޯޒް ފޮނުވާފައެވެ. މިއާއެކު ރަޝިޔާގެ ތެރޭގައި ވަނީ މިކަމުގެ ނުތަނަވަސްކަން ވެރިވެފައެވެ. އެއީ ރަޝިޔާގެ ރައްޔިތުންނަށް ބޭނުންވާވަރަށް ވެކްސިންގެ ޑޯޒް ހަމަނުވެދާނެތީއެވެ.

ރަޝިޔާގައި ހޮނިހިރު ދުވަހުވެސް އަލަށް 26،301 މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. މިއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 3،212،637ށް އަރާފައެވެ. އެގައުމުގައި ވައިރަސް ޖެހިގެން 58،002 މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު