Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާއަށް ބިދޭސީ ކޯޗެއް ގެނައުން

މާޒިޔާއަށް ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގައި މަސައްކަތްކޮށްފައިވާ ކޯޗެއް

ވިޑަކޮވިޗާއެކު މާޒިޔާއިން އެއްބަސްވުން ހަދާފައިވަނީ މި ސީޒަނުގެ ނިޔަލަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2021 | އާދީއްތަ 09:59
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސި ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސި ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުކަމުގެ މަގާމަށް ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް ހަމަޖައްސައިފިއެވެ.

މާޒިޔާއިން ބިދޭސީ ކޯޗެއް ގެނައީ މިދިޔަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު އެ ޓީމާ ހަވާލުވި މުޙައްމަދު ނިޒާމް (ނިޒާމްބެ) މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާދިނުމާ ގުޅިގެންނެވެ.

އާދީއްތަ ދުވަހު މާޒިޔާއިން ސޮލައިޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ވިޑަކޮވިޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އޭނާ މާޒިޔާއާއެކު އެއްބަސްވުން ހަދާފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ވިޑަކޮވިޗް ކޯޗިންގ ކެރިއަރު ފަށާފައިވަނީ އޭނާގެ ގައުމު ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. މީގެ އިތުރުން ވިޑަކޮވިޗް ވަނީ ސްޕެއިނުގެ ކާޑިޒް އާއި ރެއާލް ބެޓިސްގެ ބީ ޓީމުގެ އިތުރުން، ހޮންޑިއުރަސްގެ މޮޓުގުއާއަށްވެސް ކޯޗުކަންކޮށްދީފައެވެ. އެއަށްފަހު ފިލިޕީންސްގެ ސެރެސްއަށް ކޯޗުކަން ކޮށްދިންއިރު، އޭނާ ވަނީ އެޓީމާއެކު ފިލިޕީންސްގެ ޗެމްޕިއަންކަން ވިދިވިދިގެން ތިން ފަހަރު ހޯދާފައެވެ.

މާޒިޔާގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ވިޑަކޮވިޗް ބުނީ އޭނާގެ އަމާޒަކީ މާޒިޔާގެ ކުޅުމުގެ ވައްޓަފާޅި ޒަމާނީ ގޮތަށް ބަދަލުކޮށް، ޔޫރަޕުގެ ސްޓައިލަކަށް ކުޅުވުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މާޒިޔާއާއެކު އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.

ވިޑަކޮވިޗް އިތުރަށް ބުނީ މާޒިޔާއަށް އޭއެފްސީ ކަޕުގައި ރަނގަޅު ހިސާބަކަށް ދެވިދާނެ ކަމަށާއި، މީގެ ކުރިންވެސް މާޒިޔާއިން ވަނީ އެ ޓީމަކީ އިތުރު ކާމިޔާބު ހޯދޭނެ ސަޕްރައިޒިންގ ޓީމެއްކަން ދައްކައިދީފައި ކަމަށެވެ. އެގޮތުން މާޒިޔާއިން މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ އިންޑިއާގެ ވަރުގަދަ ޓީމެއް ކަޓުވާލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

މާޒިޔާއިން ރިސްޓޯ ގެނައި އެންމެ ބޮޑު އެއް ބޭނުމަކީ އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. މި އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާ ވާދަކުރަން ޖެހޭނީ އިންޑިއާގެ މޯހަން ބާގަން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ އިތުރުން ކޮލިފައިންގ ބުރުން އަންނަ ޓީމަކާއެވެ. ކޮލިފައިންގ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ނޭޕާލުގެ އާމީ ކުލަބު އަދި ބޫޓާނުގެ ތިމްޕޫ ސިޓީ ވާދަކުރެއެވެ.

މީގެ އިތުރުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ލީގުގައި މާޒިޔާއިން މިހާތަނަށް ތިން މެޗެއް ކުޅެފައިވާއިރު، މާޒިޔާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެގޮތުން މާޒިޔާއިން ވަނީ ނިޒާމްބެގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައެވެ. މާޒިޔާއަށް ބިދޭސީ ކޯޗެއް ގެނައި ނަމަވެސް، ލީގުގައި އާދީއްތަ ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ނުކުންނާނީ ވަގުތީ ކޯޗު އަޙްމަދު ސުޒައިރާއެކުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު