Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސެލްޓަ ބަލިކޮށް ރެއާލް އެއްވަނައަށް

ސެލްޓަ އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޖެނުއަރީ 2021 | އާދީއްތަ 02:54
ރެއާލާއި ސެލްޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން

ރެއާލާއި ސެލްޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން

ސެލްޓަ ވީގޯ ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސެލްޓަ އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލީޑު ނަގާފައެވެ. މާކޯ އެސެންސިއޯ ހުރަސްކޮށްދިން ބޯޅައަކުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ލޫކަސް ވަޒްކުއޭޒެވެ.

މި މެޗުގައި ސެލްޓައަށް މައްސަލަތަކެއް ދިމާވީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުގެ އިތުބާރު ފޯވާޑް އިއާގޯ އަސްޕާސްއަސް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. އަސްޕާސް ބަދަލުކުރިތާ ދެ މިނެޓު ފަހުން ރެއާލުން ވަނީ މެޗުގައި ލީޑު ފުޅާކޮށްފައެވެ. ވަޒްކުއޭޒް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އެސެންސިއޯއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލީ ކުޅުނު 17 މެޗުން 36 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 14 މެޗުން ވަނީ 35 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އަލުން އެރުމުގެ ފުރުސަތު އެތުލެޓިކޯއަށް އެބައޮތެވެ. މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް އަތުން ބަލިވި ސެލްޓަ އޮތީ ތާވަލުގެ އަށްވަނައިގައި 17 މެޗުން 23 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު