Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އާސެނަލަށް ޖެހިޖެހިގެން ތިން މޮޅު

ވެސްޓް ބްރޮމް އަތުން އާސެނަލް މޮޅުވީ 4-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޖެނުއަރީ 2021 | އާދީއްތަ 02:34
ވެސްޓް ބްރޮމާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި އަތުން އާސެނަލް މޮޅުވީ 4-0 ން

ވެސްޓް ބްރޮމާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި އަތުން އާސެނަލް މޮޅުވީ 4-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އާސެނަލް މޮޅުވެއްޖެއެވެ.

ލީގުގައި ޖެހިޖެހިގެން ތިން މޮޅު އާސެނަލުން ހަމަކުރީ ހޮނިހިރު ދުވަހުގެރޭ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން އާސެނަލް މޮޅުވިއިރު، އޭގެ ކުރިން ކުޅުނު ހަތް މެޗުންވެސް އާސެނަލަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ވެސްޓް ބްރޮމުގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ޑިފެންޑަރު ކިއެރަން ޓިއެރަނީއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޒުވާން މިޑްފީލްޑަރު ބުކަޔޯ ސަކާ ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އާސެނަލުން ޖެހި ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލަކަޒޭޓް ވަނީ އާސެނަލުގެ ހަތަރުވަނަ ލަނޑުވެސް ޖަހާދީފައެވެ.

މި މޮޅާއެކު އާސެނަލް ވަނީ ތާވަލުގެ 11 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެގޮތުން އެ ޓީމަށް ވަނީ ކުޅުނު 17 މެޗުން 23 ޕޮއިންޓް ލިބިފައެވެ. އަދި އާސެނަލް އަތުން ބަލިވި ވެސްޓް ބްރޮމް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 17 މެޗުން އަށް ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު