Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ

ޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖައްސައިފި

މިދިޔަ އަންގާރަ ދުވަހު ޕީއެސްޖީން ވަނީ ތޯމަސް ޓުޗެލް މަގާމުން ވަކިކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ޖެނުއަރީ 2021 | އާދީއްތަ 02:11
ޕީއެސްޖީގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ޓޮޓެންހަމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޕީއެސްޖީގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ޓޮޓެންހަމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޕީއެސްޖީގެ ކޯޗުގެ މަގާމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފިއެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޕީއެސްޖީން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަ ށް އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. ޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖެއްސީ، 2018 ވަނަ އަހަރު އެ ޓީމާ ހަވާލުވި އުމުރުން 47 އަހަރުގެ ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމަށްފަހުއެވެ.

ޕޮޗެޓީނޯއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމަށެވެ. އެކަމަކު މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންވާނަމަ އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓޭނެއެވެ.

2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަހަރެއް ފަހުން ޓީމަކާ ހަވާލުވިއިރު، ޓޮޓެންހަމުގެ ކޯޗުގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޓޮޓެންހަމުގެ ތާރީޚުގައި މުޅިން އަލަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ، ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

މީގެކުރިން ޕީއެސްޖީއަށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ޕޮޗެޓީނޯ ވަނީ 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ޖުމްލަ 95 މެޗު ކުޅެދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕީއެސްޖީއާއެކު ޔުއެފާ އިންޓަޓޮޓޯ ކަޕް ކާމިޔާބުކޮށްފައެވެ.

ޕޮޗެޓީނޯ ޕީއެސްޖީއާ ހަވާލުވިއިރު އެ ޓީމު އޮތީ ފްރެންޗް ލީގުގެ ތިންވަނައިގައި ކުޅުނު 17 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިޔޯން އާއި ދެވަނައިގައި އޮތް ލިލްއަށް 17 މެޗުން ވަނީ 36 ޕޮއިންޓް ލިބިފައެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ފްރެންޗް ލީގުގައި ނުކުންނާނީ ސެއިން އެޓިއެންއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު