Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެނިސް ކޮމްޕްލެކްސް ތަރައްގީކުރުން

ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކުރުމަށް ބިން ހަވާލުކޮށްފި

ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކޮށް ހިންގާނީ ޓެނިސް އެސޯސިއޭޝަނުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖެނުއަރީ 2021 | ހޮނިހިރު 05:40
ޓެނިސް ކޮމްޕްލެކްސް ތަރައްގީކުރުމަށް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޓެނިސް ކޮމްޕްލެކްސް ތަރައްގީކުރުމަށް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކޮށް ހިންގުމަށް، އަދި އިތުރު ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ކުޅިވަރާ ބެހޭ ވުޒާރާއިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ބިން ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް ޓެނިސް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓެނިސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކުޅުންތެރިންނާއި ބެލެނިވެރިންވެސް ވަނީ މި ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ހުޅުމާލޭގައި ޓެނިސް ކޮމްޕްލެކްސް ތަރައްގީކޮށް ހިންގުމަށް، އަދި އިތުރު ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. އަދި ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ހަފީޒެވެ. ހުޅުމާލޭގައި އަޅާ ޓެނިސް ކޮމްޕްލެކްސްގައި ފަސް ކޯޓު ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެސޯސިއޭޝަންތަކާ ގުޅިގެން މި މަސައްކަތްކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަޙްމަދު ނަޒީރު ދެއްކެވި ވާހަކައިގައި ޓެނިސް ކޮމްޕްލެކްސް އެޅުމަށް ބިން ހަމަޖެހުމަކީ ވަރަށް އުފާވެރިކަމެއް ކަމަށާއި، އަދި އެކަމަށް ސަރުކާރުގެ ފަރާތުން، ހާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު ދެއްވާ ސަމާލުކަން ފާހަގަކުރެއްވިއެވެ. އަދި ކުޅުންތެރިން ހެޔޮގޮތުގައި ވަސިލަތްތައް ބޭނުންކުރުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ހަފީޒުގެ ވާހަކަފުޅުގައި މި ސަރުކާރުން ކުޅިވަރު ތަރައްގީކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ކުޅިވަރާ ބެހޭ ވަޒީރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެ އެސޯސިއޭޝަނުން ކުރިއަށް ރާވާފައިވާ އެހެނިހެން ކަންކަމަށް އަލިއަޅުވާލައްވަމުން ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި ފެންވަރު ރަނގަޅު ކޯޗުން ޔޫރަޕުން ގެނައުމަށް މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
18 އެޕްރީލު 2017

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

18 އެޕްރީލު 2017
ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
06 އެޕްރީލު 2017

އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

06 އެޕްރީލު 2017
އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
13 މާރިޗު 2017

އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

13 މާރިޗު 2017
އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު