Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް

ނައިފަރުގައި ގާއިމުކުރި ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލައިފި

ނައިފަރުގައި ތިން ބެޑްމިންޓަން ކޯޓެއް ވަނީ ގާއިމުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖެނުއަރީ 2021 | ހޮނިހިރު 04:26
ޅ. ނައިފަރުގައި ގާއިމުކުރި ބެޑްމިންޓަން ކޯޓުތައް

ޅ. ނައިފަރުގައި ގާއިމުކުރި ބެޑްމިންޓަން ކޯޓުތައް

ޅ. ނައިފަރުގައި ގާއިމުކުރި ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގުޅިގެން ނައިފަރުގައި ތިން ބެޑްމިންޓަން ކޯޓެއް ގާއިމުކުރިއިރު، މި ކޯޓުތައް ގާއިމުކޮށްފައިވަނީ ނައިފަރު ކައުންސިލުގެ ފަރާތުން ހަދާފައިވާ އެކުވެނި އިމާރާތުގައެވެ.

މި ކޯޓުތަކުގެ މަސައްކަތްތައް ނިމިގެންދިޔުމާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި، އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު މި މަސައްކަތް ކުރުމަށް ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

ނައިފަރުގެ ކޯޓުތައް ނިމިގެންދިޔުމާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ވަނީ ލާމަރުކަޒުކޮށް ކުޅިވަރު ކުޅެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އިސްނަންގަވައިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. ހަމައެހެންމެ މިއީ ދުރު ރާސްތާގައި ބެޑްމިންޓަން ފެޑެރޭޝަނެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

ނައިފަރުގެ އިތުރުން ފ. ދަރަނބޫދޫގެ އިންޑޯ ހޯލުގައި ދެ ކޯޓު އެޅުމާއި، އަދި ބ. މާޅޮހުގައި އެއް ކޯޓު އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި އެ ކޯޓުތައް އެޅުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް، ރަށްރަށަށް ފޮނުވަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު