Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެނި ދުވާ ޓްރެކް ތަރައްގީކުރުން

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލައިފި

މި މަހުގެ ތެރޭގައި ޓްރެކް އާންމުންނަށް ރަސްމީކޮށް ހުޅުވާލާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ޖެނުއަރީ 2021 | ހުކުރު 06:44
މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގެ ކޮންކްރީޓް މަސައްކަތް ނިންމައި، ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އައު އަހަރާ ދިމާކޮށް އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލިއިރު، މި ޖެނުއަރީ މަހުގެ ތެރޭގައި މި ޓްރެކް އާންމުންނަށް ރަސްމީކޮށް ހުޅުވާލާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ނިންމައި ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކެޓްރީ ހ ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.

އެކުވެނި ދުވާ ޓްރެކް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ބޮޑު އެހީއެއް ވިއިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މަސައްކަތް ނިންމާލެވުނީތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށްވެސް މަޙްލޫފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އައު ސިންތެޓިކް ޓްރަކާއެކު އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2020

އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

23 ޖޫން 2020
އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
10 ޖޫން 2020

ކުޅުންތެރިން ޓެސްޓު ކުރުމަށް 100،00 ޕައުންޑް ޚަރަދުވާނެ: އަބަޑީން

10 ޖޫން 2020
ކުޅުންތެރިން ޓެސްޓު ކުރުމަށް 100،00 ޕައުންޑް ޚަރަދުވާނެ: އަބަޑީން
21 ޖެނުއަރީ 2020

ސިންތެޓިކް ޓްރެކެއް ފުވައްމުލަކުގައި އަޅަނީ!

21 ޖެނުއަރީ 2020
ސިންތެޓިކް ޓްރެކެއް ފުވައްމުލަކުގައި އަޅަނީ!
17 އޮކްޓޯބަރު 2019

ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

17 އޮކްޓޯބަރު 2019
ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި
26 ޖުލައި 2019

ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން ގެ ނަމުގައި ހިންމަފުށީގައި ރާޅާއެޅުމުގެ މުބާރާތެއް ފަށައިފި

26 ޖުލައި 2019
ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން ގެ ނަމުގައި ހިންމަފުށީގައި ރާޅާއެޅުމުގެ މުބާރާތެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު