Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކަވާނީ ސަސްޕެންޑް ކުރަން

ކަވާނީއަށް ތިން މެޗުގެ ސަސްޕެންޝަނެއް

ކަވާނީ ވަނީ އިންސްޓާގްރާމުގައި ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2021 | ހުކުރު 06:25
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގެ މައްސަލައިގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރަން އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 29 ވަނަ ދުވަހު ސައުތެމްޓަން އަތުން ފަހަތުން އަރައި 3-2 ން ޔުނައިޓެޑް މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަވާނީގެ އެހީއާއެކުއެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހުމުގައި ކަވާނީ އެހީވިއިރު، އަނެއް ދެ ލަނޑު ޖަހާ މެޗުން ޔުނައިޓެޑް މޮޅުކޮށްދިނީ ކަވާނީއެވެ.

އެ މެޗަށްފަހު ސަޕޯޓަރުން މަރުހަބާ ކިޔުމަށް ކުރި ޕޯސްޓެއް ހިއްސާކުރުމަށްފަހު ކަވާނީ ވަނީ ސްޕެނިޝް ބަހުން ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކޮށްފައެވެ. އެގޮތުން އޭނާ ވަނީ އެ ޕޯސްޓުގައި "ކަޅު ކުޑަ މީހެއް" މި ލަފުޒު ބޭނުންކޮށްފައެވެ. އެކަމަކު އެ ޕޯސްޓާއެކު ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ކަވާނީ ވަނީ އެ ޕޯސްޓް ފަހުން ޑިލީޓް ކޮށްލާފައެވެ.

އެއާއެކު އުމުރުން 33 އަހަރުގެ ކަވާނީ މާފަށް އެދުނު ނަމަވެސް، އެ މައްސަލައިގައި އިނގިރޭސި އެފްއޭއިން ވަނީ ކަވާނީ ތިން މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 100،000 ޕައުންޑުން އޭނާ ޖޫރިމަނާކުރަންވެސް ނިންމާފައެވެ. އެހެންކަމުން ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗާއި، މި ހަފުތާގައި އިނގިރޭސި ލީގު ކަޕުގެ ސެމީފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އެފްއޭ ކަޕުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުވެސް ކަވާނީއަށް ގެއްލޭނެއެވެ.

މީގެ ކުރިން މި މައްސަލައިގައި ކަވާނީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ކުރި ޕޯސްޓުގައި އެ ލަފުޒު ބޭނުންކުރީ އޭނާގެ ރަހުމަތްތެރިއަކާ ދިމާލަށް ކަމަށާއި، އެއީ ސަމާސާއެއްގެ ގޮތުގައި ކުރިކަމެއް ކަމަށެވެ. އަދި އޭނާ ބޭނުންކުރި އިބާރާތަކީ މައްސަލައެއްގެ ގޮތުގައި ފާހަގަވުމާއެކު އެ ޑިލީޓް ކޮށް، އެކަމަށް މާފަށް އެދޭ ކަމަށްވެސް ބުންޏެވެ.

އަދި މި މައްސަލައިގައި ޔުނައިޓެޑުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ޕޯސްޓް ގޯސްކަން އެނގުނު ހިސާބުން ކަވާނީ އެ ޑިލީޓް ކުރި ކަމަށާއި، އެއީ އޭނާ ގަސްދުގައި ނަސްލީ ތަފާތުކުރުމަށް ބާރުއަޅަން ކުރިކަމެއް ނޫން ކަމަށެވެ.

ނަސްލީ ތަފާތު ކުރުމަށް ބާރުއަޅާ އިބާރާތެއް ބޭނުންކުރުމުން އިނގިރޭސި އެފްއޭއިން ކަވާނީ ސަސްޕެންޑް ކުރިއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހަމަ މިފަދަ މައްސަލައެއްގައި ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު ޑެލޭ އަލީ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ. އަލީ ސަސްޕެންޑް ކުރަން އިނގިރޭސި އެފްއޭއިން އެ ފަހަރު ނިންމީ ސްނެޕްޗެޓަށް އަޕްލޯޑްކުރި ވީޑިއޯއެއްގައި ނަސްލީ ގޮތުން ތަފާތުކޮށް ޖޯކު ޖެހުމާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު