Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިބާދުﷲ ރިކޯޑު މުގުރާލުން

100 މީޓަރުގެ ޖޫނިއާ ރިކޯޑު އިބާދުﷲ މުގުރާލައިފި

100 މީޓަރުގެ ޖޫނިއާ ރިކޯޑު އިބާދުﷲ މުގުރާލީ 10.97 ސިކުންތުން ދުވެގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2020 | ބުރާސްފަތި 09:04
މިދިޔަ އަހަރުގެ އައިއޯއައިޖީގައި ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިޔާ އިބާދުﷲ އާދަމް ވާދަކުރަނިކޮށް

މިދިޔަ އަހަރުގެ އައިއޯއައިޖީގައި ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިޔާ އިބާދުﷲ އާދަމް ވާދަކުރަނިކޮށް

100 މީޓަރު ދުވުމުގެ ޖޫނިއާ ރިކޯޑު ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިޔާ އިބާދުﷲ އާދަމް މުގުރާލައިފިއެވެ.

100 މީޓަރު ޖޫނިއާ ރިކޯޑު އިބާދުﷲ މުގުރާލީ ބުދަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި 10.97 ސިކުންތުން ދުވެގެންނެވެ. އެއާއެކު އިބާދުﷲ ވެފައިވަނީ 11 ސިކުންތަށްވުރެ އަވަހަށް 100 މީޓަރު ދުވި ރާއްޖޭގެ ފުރަތަމަ ޖޫނިއާ ދުވުންތެރިޔާއަށެވެ.

100 މީޓަރު ދުވުމުގެ ޖޫނިއާ ރިކޯޑު އިބާދުﷲ މުގުރާލިއިރު، މީގެ ކުރިން މި ރިކޯޑު އޮތީ ދުވުންތެރިޔާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އަތުގައެވެ. އޭނާ މި ރިކޯޑު ހަދާފައިވަނީ 2018 ވަނަ އަހަރު 11.08 ސިކުންތުން ދުވެގެންނެވެ. އެހެންކަމުން އިބާދުﷲ ރިކޯޑު މުގުރާލާފައިވަނީ 0.11 ސިކުންތުގެ ފަރަގަކާއެކުއެވެ.

100 މީޓަރު ދުވުމުގެ ޖޫނިއާ ރިކޯޑު މުގުރާލި އިބާދުﷲ އަންނަނީ ފަހަކަށް އައިސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި މިދިޔަ އަހަރުގެ ފަހުކޮޅު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައިވެސް އިބާދުﷲ ވަނީ ވާދަކޮށްފައެވެ.

އިބާދުﷲ ގެ އިތުރުން ބުދަ ދުވަހު އެތުލެޓިކްސްގެ ފީލްޑް އިވެންޓެއް ކަމަށްވާ ޑިސްކަސް އުކުމުގެ ގައުމީ އަންހެން ރިކޯޑު އައިޝަތު ޝަޔާ ޝަފީއުވެސް ވަނީ މުގުރާލާފައެވެ. 14 އަހަރުވީ މި ރިކޯޑު އޭނާ މުގުރާލީ 26.02 މީޓަރަށް އުކައިގެންންނެވެ. މީގެ ކުރިން މި ރިކޯޑު އޮތީ އައިޝަތު އީވާ އަބްދުﷲ ގެ އަތުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 2006 ވަނަ އަހަރު މާލޭގައި އޮތް ގައުމީ އެތުލެޓިކްސް މުބާރާތުގައި 25.36 މީޓަރަށް އުކައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި

ގައުމީ ޖޫނިއާ ވޮލީ ޓީމުތަކަށް ކޯޗުން ހޯދަން އިއުލާންކޮށްފި

04 މެއި 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު